twitterviber whatsapp telegramfacebookyoutube instagram
2nd June 2026

138 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން މުބާރާތް ފަށައިފި

Apr 11, 2013

138 ދަރިވަރުންނާއެކު ހދ އަތޮޅު ޤުރުއާން މުބާރާތް ކުޅުދުއްފުށީގައި ފަށައިފި އެވެ.

މިއަދު ހަވީރު 4:30 ގައި އަފީފުއްދީން ސްކޫލު ހޯލުގައި ފެށުނު މި މުބާރާތުގެ މިއަދުގެ ދަންފަޅީގައި 24 ދަރިވަރުން ކިޔަވާނެ އެވެ.

މިއަހަރުގެ މުބާރާތުގައި ހިރިމަރަދޫ އާއި ފިނޭ ފިޔަވާ ހދ އަތޮޅުގެ 11 ރަށެއްގެ 13 ސްކޫލަކުން މިމުބާރާތުގައި ބައިވެރިވެފައި ވެއެވެ. މީގެތެރޭގައި ނާވައިދު އާއި، ކުޅުދުއްފުށި، ހަނިމާދޫ، ކުރިނބީ، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ނެއްލައިދޫ ، ވައިކަރަދޫ، މަކުނުދޫ، އާއި ނޭކުރަންދޫ އަދި ކުމުންދޫ ހިމެނެއެވެ.

ބަލައިގެން ކިޔެވުމުގެ ގޮތްޕާއި، ނުބަލާ ކިޔެވުމުގެ ގޮފި ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މިމުބާރާތުން ހޮވޭ އެންމެ މޮޅު 15 ދަރިވަރުން، މިއަހަރު ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ހދ.ި އަތޮޅު ތަމްސީލު ކުރާނެއެވެ. މިމުބާރާތުގައި ފަނޑިޔާރުކަން ކުރައްވަނީ މުހައްމަދު އިސްމާޢީލާއި، އިބްރާހިމް އަލީގެ އިތުރުން އަބްދުﷲ މާޖިދު މޫސާ އެވެ.

މިރަސްމިއްޔާތުގައި ހދ އަތޮޅު ކައުންސިލްގެ ރައީސް އާއި އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ އާއި ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދުގެ އިތުރުން އަތޮޅު ކައުންސިލްގެ ވައިކަރަދޫ ދާއިރާ މެމްބަރު އަހުމަދު ޙަލީލު އަދި އަތޮޅު ކައުންސިލްގެ ހަނިމާދޫ ދާއިރާ މެމްބަރު މުހަންމަދު ގާސިމް ބައިވެރިވެލެއްވި އެވެ.

މިމުބާރާތް މިއަދުން ފެށިގެން މިމަހުގެ 13ގެ ނިޔަލަށް ކުރިއަށްދާނެއެވެ. މިދިޔަ އަހަރު މިމުބާރާތް ބާއްވާފައިވަނީ ހދ މަކުނުދޫގައެވެ. މިއަހަރުގެ މުބާރާތަށް ހދ އަތޮޅު ކައުންސިލުންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355