twitterviber whatsapp telegramfacebookyoutube instagram
8th July 2025

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް ތަމްރީން ޕްރޮގްރާމެއް ހިންގައިފި

Apr 15, 2013

އުތުރުގެ 3 އަތޮޅުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ޓީޗަރުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފި އެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮފިޝަލެއް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ތަފާތު މިޒާޖުގެ ކުދިން އެކުގައި ގެންގުޅޭއިރު ދިމާވާ ދަތިތަކާއި އެކަންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ.

އެއް ދުވަހުގެ ނިޔަލަށް ގެންދެވުނު މި ޕްރޮގްރާމުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ބައިވެރިކޮށްގެން ފިލާވަޅުތައް ނަގައިދޭނެ  ގޮތްތައް އެކި ސެޝަންތަކުގައި ތަފާތު ހަރަކާތްތަކަކާއި އެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިއްޔެ ހދ އަތޮޅު ޓީޗަރ ރިސޯސް ސެންޓަރުގައި ކުރިއަށްދިޔަ މި ވޯކްޝޮޕްގައި ހއ، ހދ އަދި ށ އިން ޖުމްލަ 18 ޓީޗަރުން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމަކީ ޔުނިސެފްގެ އެހީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355