twitterviber whatsapp telegramfacebookyoutube instagram
6th May 2024

ހިރިމަރަދޫ ބަނދަރުގެ އީއައިއޭ ހެދުމަށް މިއަދު އިއުލާން ކުރާނެ

Apr 15, 2013

ހިރިމަރަދޫ ބަނދަރު ހެދުމުގެ ކުރިން ތައްޔާރުކުރަންޖެހޭ އެންވަޔަރމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓު ހެދުމަށް މިއަދު އިއުލާން ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

މިމަހުގެ 11 ވަނަ ދުވަހު ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ސޮއިކުރައްވާ ހދ އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ރަޝީދަށް ފޮނުއްވާފައިވާ ސިޓީއެއްގައިވަނީ ހިރިމަރަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ތިމާވެއްޓަށް އަސަރު ކުރާނޭ މިންވަރު ދެނެގަތުމަށް ތައްޔާރުކުރާ ރިޕޯޓު  ހެދުމަށް މިއަދު އިއުލާން ކުރާނެ ކަމަށެވެ

މީގެ އިތުރުން ބަނދަރުގެ ކުރެހުންތަކާއި ޓެންޑަރ ޑޮކިއުމެންޓްސް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް މިހާރު ފެށިފައިވާކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.  އަދި މިމަސައްކަތްތައް ނިންމުމަށްފަހު ޖޫންމަހުގެ ތެރޭގައި ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމިނިސްޓްރީގެ މި ސިޓީގައިވެއެވެ.

ހދ އަތޮޅު ކައުންސިލްގެ މީޑިޔާ ކޯޑިނޭޓަރ އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ވިދާޅުވީ ހައުސިން މިނިސްޓްރީން މިކަން އަންގާފައިވަނީ އެކިފަހަރުމަތިން އަތޮޅު ކައުންސިލާއި، ހިރިމަރަދޫ ކައުންސިލާއި ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކުރި ކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް  މިހެން ފޮނުވާލެވޭ މެސެޖަކަށް ނުބަލާނެ ކަމަށާއި، އަމަލީ މަސައްކަތް ނުފެށެނީސް ހިރިމަރަދޫކައުންސިލް ބަންދުކޮށްގެން ކުރާ އިހްތިޖާޖު ހުއްޓާނުލާނެ ކަމަށް އެރަށުގެ ރައްޔިތުން ބުނެފައިވާ ކަންވެސް ޒަކަރިއްޔާ ފާހަގަކުރެއްވި އެވެ.

ހިރިމަރަދޫ ބަނދަރުގެ މައްސަލައިގައި ކައުންސިލް އިދާރާ ބަންދުކޮށް އިހްތިޖާޖު ކުރަމުންދާތާ މިހާރު މަހަކަށް ވުރެ ގިނަދުވަސް ވަނީ ވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355