twitterviber whatsapp telegramfacebookyoutube instagram
27th September 2026

”ފަންއިލޮށި ކެފޭ”ގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި

Apr 15, 2013

ކުޅުދުއްފުށީ ކެފޭއެއް ކަމުގައިވާ ”ފަންއިލޮށި ކެފޭ” ގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ

ލޯގޯ ފަރުމާކުރާއިރު ލޯގޯ ކުލަކޮށް ހުންނަން ޖެހޭއިރު ކަޅާއި ހުދުން ޕްރިންޓް ނެގުމުން އަސްލު ނުގެއްލޭނެހެން ހުންނަންވާނެ ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.  މިގޮތުން  ލޯގޯގެ މައިގަނޑު ކުލައަކަށް ވާންޖެހޭނީ ފެހިކުލަ ކަމަށާއި އެހެން ނަމަވެސް ފެހިކުލައިގެ އިތުރު ދެކުލައެއް ބޭނުންކުރެވިދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ލޯގޯއިން ރަމްޒުކޮށްދޭންވާނީ ”ފަންއިލޮށި ކެފޭ” ގެ ނަމާއި، އެއީ ކާބޯތަކެތީގެ ޚިދުމަތް ދޭތަނެއްކަމެވެ. ހުށަހަޅާ ލޯގޯއަކީ ބަލާލަން ރީތި އާދައިގެ ލޯގޯއަކަށް ވާންޖެހޭނެކަމަށާއި، ކޮންމެ ފަރަތާކަށްވެސް އެއް ލޯގޯއަށްވުރެ ގިނަ ލޯގޯ ހުށަހެޅިދާނެކަމަށް އެ ކެފޭއިން ބުނެއެވެ

ލޯގޯ ކުރަހަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 20 ގެ ކުރިން ލޯގޯ ހުށައެޅުމަށް އެފަރާތުން އެދެއެވެ. ފަންއިލޮށި ކެފޭއަށް ލޯގޯ ހުށަހަޅާނަމަ ލޯގޯގެ ހާޑްކޮޕީއަކާއި ސޮފްޓް ކޮޕީއެއް ހުށަހަޅަންޖެހެއެވެ. މެއިލް ކުރާނަމަ  [email protected] އަށް މެއިލް ކުރުމަށް ވެސް އެފަރާތުން މައުލޫމާތު ދެއެވެ

އެންމެ ފުރިހަމަ ލޯގޯއެއް ހުށަހަޅާ ފަރާތަކަށް  2 މީހަކަށް އިހީގެ ވަރަށް ހާއްސަ  ކެއުމެއް ފަންއިލޮށި ކެފޭއިން ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293