twitterviber whatsapp telegramfacebookyoutube instagram
9th April 2026

ކުޅުދުއްފުށީގައި މުޅިން އަލަށް ޤާނޫނީ ދާއިރާގެ ކޯހެއް ފަށަނީ

Apr 16, 2013

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި މުޅިން އަލަށް ޝަރީއަތާއި ޤާނޫނާ ގުޅޭ ކޯހެއް މިއަހަރުގެ ޖޫން މަހު ފެށުމަށް ނިންމައިފި އެވެ.

އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ ކޯސް ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށް ދާނީ ބްލޮކް މޯޑަށް އެއް އަހަރުގެ މުއްދަތަށެވެ.

މިކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޖީސީއީ އޯލެވެލްގެ 3 މާއްދާއިން ސީ ފާހާއި ދިވެހި ނުވަތަ އިނގިރޭސިން ދަށްވެގެން އީ ފާހެކެވެ. ނުވަތަ 21 އަހަރު ފުރިފައިވުމާއެކު ޖިސީއީ ނުވަތަ އެސްއެސްސީ އިމްތިހާނަކުން 1 ފާސްވެފައިވުންވެސް ޝަރުތުކޮށްފައިވެއެވެ.

މި ކޯހުގެ ފީއަކީ 9696 ރުފިޔާއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355