twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް މީޓް ފެށިއްޖެ

Apr 16, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް މީޓް މިއަދު ހަވީރު ފަށައިފި އެވެ.

މި ސްޕޯޓްސް މީޓު ފައްޓަވައި ދެއްވަމުން ޝަރަފުވެރި މެހެމާނާ އަމީރު އަމީން ސްކޫލުގެ ސްޕައިވައިޒަރ އާއިޝަތު މުހައްމަދު، ކުޅިވަރުގެ ސަބަބުން ދަރިވަރުން ދުޅަހެޔޮ ސިއްހަތެއް ގައި ތިބުމަށް މަގުފަހިވާ ކަމަށް ވިދާޅުވެ ކުޅިވަރު ކުޅުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.

ހދ. އޭއީސީ ގެ ގުރޭޑް 1,2,3  އަދި އެ ސްކޫލުގެ ކިޔަވާ ހާއްސަ އެހއަށް ބޭނުންވާ ކުދިންނަން ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ސްޕޯޓްސް މީޓުގެ މަގުސަދަކީ ދަރިވަރުންގެ މެދުގައި ކުޅިވަރަށް ލޯބި އުއްފެދުމާއި އެކުދިންގެ ހުނަރު އިތުރު ކުރުމުގެ އިތުރުން ލިބިފައިވާ ހުނަރު ހުށަހަޅާ ދިނުމަށް އެކުދިންނަން ފުރުސަތު ހޯދައިދިނުން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

2 ދުވަހަ ކުރިއަށް ދާ މި ސްޕޯޓް މީޓުގައި 288 ދަރިވަރުން ބައިވެރިވާއިރު ތަފާތު 60 އިވެންޓް މި ސްޕޯޓްސް މީޓުގައި ކުރިއަށް ދާނެއެވެ. މުބާރާތުގެ އިވެންޓުތައް ކުރިއަށްދަނީ ހދ އޭއީސީގެ ގޯތި ތެރޭގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355