twitterviber whatsapp telegramfacebookyoutube instagram
27th October 2025

ލައިންސަންސް ނެތް މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ކާރެއްގައިޖެހި އެކްސިޑެންޓްވެއްޖެ

Apr 17, 2013

ލައިންސަންސް ނެތް މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ގޮސް ކާރެއްގައިޖެހި  އެކްސިޑެންޓްވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 6:45 އެހާކަން ހާއިރު ވަނީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިގައިފައިކަމަށާއި އެތަނުން ސައިކަލު ދުއްވަން އިނީ 17 އަހަރުގެ ކުއްޖެކަމަށެވެ. އަދި މި އެކްސިޑެންޓު ގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ. އެހެން ނަމަވެސް ސައިކަލް ދުއްވަން އިން ކުއްޖާ އަށް   ކޮންމެވެސް ވަރަކަށް ކުދި އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިއެކްސިޑެންޓް ހިނގައިފައިވަނީ ކަނބޯރަނި ހިނގުމުން އިރަށްގޮސް އަމީނީމަގަށް ނިކުންނަން ދިޔަ  ކުޅުދުއްފުށީ ރަސްމު، އާދަމް ޙުސައިން (44އ) ދުއްވި ކާރާއި އަމީނީމަގުން ގޮސް ކަނބޯރަނި ހިނގުމަށް ވަންނަށް ދިޔަ ނައިޓްކްލައުޑްސް، އަސްލަމް އަބްދުﷲ (17އ) ދުއްވި  ސައިކަލު ކޮންޓުރޯލް ނުވެގެން ގޮސް ކާރުގެ ކުރީ ބަފަރުގައި ޖެހިގެންނެވެ.

މިހާދިސާ ގައި ކާރުގެ ބަފަރު ބަނޑި ވުމުގެ އިތުރުން އެއްވެސް ގެއްލުމެއް ލިިބިފައެއް ނުވެއެވެ. ކުޅުދުއްފުށީ ފުލުހުންގެ މަރުކަޒުން މިހާރު ދަނީ މި މައްސަލަ ތަހްގީގު ކުރަމުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355