އުންމީދަކީ މެއިމަހުގެ ތެރޭގައި ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުން ކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފި އެވެ.
ކުޅުދުއްފުށީގެ އަމީނީމަގު ރަގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ހަވާލު ކޮށްފައިވާ އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް ” ކުޅުދުއްފުށި އޮންލައިން” އަށް ވިދާޅުވީ އުންމީދު ކުރަނީ ކުޅުދުއްފުށީ އަމީނީމަގުގެ ތާރު އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް މިއޮތް މެއި މަހުގެ ތެރޭގައި ފެށޭނެކަމަށެވެ.
“.އަޅުގަނޑު އުންމީދު މި ކުރަނީ މިފެށޭ މަހުގެ ތެރޭގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭނެ”
ނަޒީމް ވިދާޅުވީ މީގެން ކުރީން މަގު ލެވެލް ކޮށްފައިވަނީ ގައު އެތުރުމަކަމަށް ވިޔަސް ފަހުން ސަރުކާރުން ތާރު އެޅުމަށް ނިންމާފައިވާތީ އަލުން މަގު ލެވެލް ކުރަންޖެހުމުން ލަސްވަމުން ދަނީކަމަށެވެ. އަދި މަގުގެ ވަޅުލައިފައިވާ ކޭބަލް ތައް އެއްފަރާތްކުރުމާއި ޓެކްނިކަލް ވަރަށް ގިނަ ކަންތައްތަކެއް މިހާރުވެސް ކުރި އަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް މަގަށް ގެންނަޖެހޭ ބަދަލު ތަކާ ބެހޭ ގަޮތުން ކައުންސިލާއި ހައުސިންގ މިނިސްޓްރީ އާ ވާހަކަ ދައްކަމުން ދާކަމަށާއި އެެހެން ނަމަވެސް ފައިނަލް ޑިޒިޝަން ނަންގަވަނީ ހައުސްމިނިސްޓްރީން ކަމަށެވެ. .
މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ވިދާޅުވީ ކުޅުދުއްފުށީ އަމީނީމަގު ނުހެދި ދިގުލައިދާތީ އެކަމާމެދު ކަންބޮޑުވާކަމަށާއި އެހެންނަމަވެސް ދެން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މަގުގައި ތާރު އެޅިގެންދާނެކަމަށެވެ.