twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ޕީއީ ޔުނީފޯމްތަކެއް އެސްކޫލުގެ ވޮޗަރެއް ވަގަށް ގެންގޮސްފި

Apr 22, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުން އެސްކޫލުގެ ދަރިވަރުންނަށް  މިއަހަރު މުޅިން އައު ޑިޒައިން  ޖަހައިގެން ވިއްކަން ގެނައި ޕީއީ ޔުނީފޯމްތަކެއް އެސްކޫލުގެ މަސައްކަތް ކުރާ ވޮޗަރެއްވަގަށް ގެންގޮސްފި އެވެ.

މިކަން ކަށަވަރު ކޮށް ދެއްވަމުން އެސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވީ  ޕީއީ ޔުނީފޯމްތަކެއް ގެއްލިގެން އެ މައްސަލަ މިހާރު ބަލަމުންދާކަމަށާއި އެކަން ސްކޫލުގެ ސަމާލު ކަމަށް ގެނެސްފައިވަނީ ބެލެނިވެރިންނާއި މުއްޒަފުންގެ ތެރެއިންކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެން ނަމަވެސް މަދުވީ ކިހާ ޔުނީފޯމެއްކަމާއި އަދި ކޮން އިރަކުކަމެއް ޒިޔާދު ވިދާޅެއް ނުވެއެވެ.

ނަން ހާމަނުކުރަން ޝަރުތު ކޮށް އެސްކޫލުގައި މަސައްކަތް ކުރާ އެހެން ވޮޗަރެއް މައުލޫމާތު ދެމުން ބުނެފައިވަނީ، ޔުނީޕޯމު ތައް ވަގަށްނެގި ކަމުގެ ތުހުމަތު ކޮށްފައިވަނީ، އެސްކޫލުގެ ވޮޗަރަކަށް އުޅޭ މުހައްމަދު ހަސަންގެ މައްޗަށް ކަމަށެވެ. އަދި މިމަހު އޭނާ ވަޒީފާ އަށް ނުނިކުންނަކަމަށާއި ގުޅީމާ ފޯނުވެސް ނުނަގާކަމަށް އޭނާ ބުންޏެވެ.

މިނޫހަށް އެގިފައިވާ ގޮތުގައި މިކަން ފަޅާ އަރާފައިވަނީ އޭނާގެ ގޭގައި ޔުނީފޯމް ވިއްކަން ފެށުމުން، އެސްކޫލުގެ 2 ބެލެނިވެރިޔަކު އޭނާގެ ގެއިން ޕީއީ ޔުނީފޯމް ގަނެ، އެވާހަކަ ސްކޫލުގެ މުވައްޒަފުންނަށް ހުށައެޅުމުންނެވެ.

މީނާއަކީ ކުޅުދުއްފުށީ އެޑްމޭން ފިހާރައިން 18 ލީޓަރުގެ ތެޔޮހަމެއް ވަގަށް ގެންދިޔުމުގެ އިތުރުން ހޮނިހިރު ބާޒާރުން ކަރާ ވަގަށްގެންދާ ކަމަށް ތުހުމަތުތައް ކުރެވިފައިވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355