ކުޅުދުއްފުށީގެ 2 ޕްރީ ސްކޫލު ކަމަށްވާ އަމީރު އަމީން ސްކޫލާއި އިރުމަތި އަވަށު ޕްރީ ސްކޫލުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ސަރުކާރުގެ ބަޖެޓުން ފައިސާ ނުދޭތާ 3 މަސް ދުވަސް ވެފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލް ބުނެފި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 2 ސްކޫލު ކަމަށްވާ އައިޕީއެސް އާއި އަމީރުއަމީން ސްކޫލުގެ އެއްވެސް މުވައްޒަފަކަށް ސަރުކާރުން މުސާރަ ދިނުމަށް ބަޖެޓުން ފައިސާ ފޮނުވާފައި ނުވާކަމަށާއި މި 3 މަހުވެސް އެ މުވައްޒަފުންނަން މުސާރަ ދީފައިވާނީ ކައުންސިލްގެ އާމްދަނީގެ ތެރެއިން ކަމަށެވެ.
މިމައްސަލަ ހައްލުކުރުމަށް ކައުންސިލުން އެލްޖީއޭ އަދި ފިނޭންސް މިނިސްޓްރީގައި ވެސް ދެންނެވިފައި ވާނޭ ކަމަށް ރަމީޒު ވިދާޅުވި އެވެ.
އަތޮޅު ތެރޭގެ ޕްރީސްކޫލް ތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ބަޖެޓް ނުދޭތާ 3 މަސްވެފައިވާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ ގެ ނައިބު ރައީސް ސުޖާއު ހުސެން ވެސް ވަނީ ވިދާޅުވެފަ އެވެ.