twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީގައި ދެ ޕްރީސްކޫލެއް އެޅުމަށް މިއަދު ބިންގާ އަޅައިފި

Apr 18, 2013

ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިތުރު ދެ ޕްރީސްކޫލެއް އެޅުމަށް  މިއަދު ބިންގާ އަޅައިފި އެވެ.

އުތުރުގެ ރަށްތަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާސިމް އަހުމަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން ޕްރީސްކޫލުތަކުގެ ބިންގާ އަޅުއްވައިދެއްވީ 9:30 ހާއިރު އެވެ. ބިންގާ އެޅުއްވުމަށް ފަހު މިނިސްޓަރު ދެއްކެވި ވާހަކައިގައި ޕްރީ ސްކޫލު ތައުލީމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

މިއަދު ބިންގާ އެޅުނު ދެ ސްކޫލުގެ ބިންގާ އަޅާފައިވަނީވެސް އުތުރު ބަނދަރު ސަރަހައްދުގައި އޮންނަ ކުޑަކުދިންގެ ޕާކު ހިމެނޭ ސަރަހައްދުގައެވެ. އެހެން ނަމަވެސް މީގެ ތެރެއިން އެއް ޕްރީ ސްކޫލު އިމާރާތް ކުރާނީ ހުއްދަ ލިބިއްޖެ ނަމަ އަތޮޅުގެ އަށް އިތުރުކުރި ބައިގައި ކަމަށް މައުލޫމާތު ލިބެއެވެ.

ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ބޭފުޅުން ބައިވެރިވެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު މިއަދު ވަނީ ކުޅުދުއްފުށީ ސްކޫލު ތަކުގެ ވެރިންނާއި، ޕީޓީއޭ އާއި ސްކޫލު ބޯޑު އަދި ޓީޗަރުންނާއި ބައްދަލުކުރައްވާ ކަންކަމާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

މިއަދު ބިންގާ އެޅުނު ދެ ޕްރީ ސްކޫލަށްވެސް ކޮންމެ ސްކޫލަކަށް ދައުލަތުގެ ބަޖެޓުން އެއް މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށައެޅިފައިވެއެވެ. މިއީ ރާއްޖޭގައި ޕްރީސްކޫލަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ ފުރަތަމަ ދެ ޕްރީސްކޫލު ކަމަށް ސަރުކާރުން ބުނެއެވެ.

[yass cats=23]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293