twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހއ ގެ 3 ރަށެއްގެ ސްކޫލުތަކަށް އަލަށް އިތުރު ކުރެވޭ އިމާރާތްތަކުގެ ބިންގާ މިނިސްޓަރ އަޅުއްވައި ދެއްވައިފި

Apr 19, 2013

ހއ ގެ 3 ރަށެއްގެ ސްކޫލުތަކަށް އަލަށް އިތުރު ކުރެވޭ އިމާރާތްތަކުގެ ބިންގާ އެޑިއުކޭޝަން މިނިސްޓަރ އަޅުއްވައި ދެއްވައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އަހުމަދު އާސިމް އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން އެރަށު ސްކޫލަށް އިތުރު ކުރެވޭ ދެ ބުރީގެ 10 ކިލާސް ރޫމްގެ ބިންގާވަނީ އަޅުއްވާ ދެއްވާފަ އެވެ.

އިއްޔެ ހަވީރު އިހަވަންދޫ ސްކޫލުގައި އޮތް މިރަސްމިއްޔާތުގައި އެސްކޫލުގެ އިސްވެރިންނާއި ބޯޑު މެމްބަރުނާއި ޕީޓީއޭ ގެ މެމްބަރުންގެ އިތުރުން އާއްމު ވަނީ ބައިވެރިވެފަ އެވެ.

މިނިސްޓަރު އިއްޔެ ވަނީ ހއ ބާރަށުގެ ސްކޫލަށް އިތުރު ކުރެވޭ 11 ކުލާސް ރޫމުގެ އިމާރާތުގެ ބިންގާ ގެ އިތުރުން ހއ ހޯރަފުށީ ގައި ހުންނަ އަތޮޅު މަދަރުސާގެ ހޯލުގެ ބިންގާ ވެސް އަޅުއްވާ ދެއްވާފަ އެވެ.

މިދަތުރުތަކުގައި މިނިސްޓަރު ވަނީ އެސްކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭ އަދި ސްކޫލު ބޯޑު ތަކާއި ބައްދަލުކޮށް ސްކޫލުތަކަށް ދިމާވެފައިވާ މައްސަލަތަކާބެހޭ ގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރައްވާފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު އުތުރުގެ ރަށްރަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށީގައި ގާއިމުކުރާ އިތުރު ދެ ޕްރީ ސްކޫލެއްގެ ބިންގާ ވެސް ވަނީ އަޅުއްވާ ދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355