twitterviber whatsapp telegramfacebookyoutube instagram
11th August 2026

ކުޅުދުއްފުށީގެ ގެއެއްގައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލައިފި

Apr 19, 2013

ކުޅުދުއްފުށީ “އައިމާ” ގޭ ގޯތިތެރޭގައި ބަހައްޓާފައި ހުރި  ސައިކަލެއްގައި ރޭ އަލިފާން ރޯކޮށްލައިފި އެވެ.

އައިމާގޭގެ ވެރިފަރާތް ޒަކަރިއްޔާ ބުނީ ހޭލެވުނީ ބާރު އަޑެއް އިވިގެންކަމަށާއި އޭރު ސައިކަލުގައި ރޯވެ އަދަމުންދާކަމަށެވެ. އަދި ސައިކަލުގައި ރޯވެފައިހުރި އަލިފާންގަނޑު ފުރާޅާއި ހަމަޔަށް ހުރިކަމަށެވެ

މަންޒަރު ދުއް މީހަކު ބުނީ ރޭ ގާތްގަނޑަކަށް 11:40 ހާއިރު ބާރު އަޑެއް އިވުމުން ބޭރަށް ނިކުމެ ބަލާލިއިރު އައިމާގޭގެ ފާރުމަތިން އަލިފާން ގަނޑު ފެންނަކަމަށާއި އެވަގުތު އަލިފާންގަނޑު ނިއްވާލުމަށްޓަކައި އެގެއަށް ވަގުތުވީ އެގޭ ވެރިމީހާ ވެސް ގޭތެރެއިން ނިކުމެވުން ވަގުތު ކަމަށެވެ.

ސައިކަލުގައި އަލިފާން ރޯކޮށްލުމުގެ އިތުރުން އެގޭގައި ލަކުޑިން ހަދާފައިވާ ބައެއް ގައިވެސް ވަނީ ރޯކޮށްލާފައެވެ. ނަމަވެސް ހުޅުގަނޑު ނުފެތުރެނީސް އެހިސާބު ގެ ބައެއް މީހުންގެ އެހީތެރިކަމާއެކު އަލިފާން ނިއްވާލައިވާކަމަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދެއެވެ. މިހާދިސާ ގައި ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ސައިކަލު ކައިރީގައި ހުރި ބައިސްކަލަކަށް ވެސް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

މިހާދިސާ ފުލުހުން މިހާރު ދަނީ ތަހްގީގު ކުރަމުންނެވެ.

[yass cats=24]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355