twitterviber whatsapp telegramfacebookyoutube instagram
28th August 2025

ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް ބަހުސް މުބާރާތް މިއަދު ފަށައިފި

Apr 19, 2013

ޖަލާލުއްދީން ސްކޫލުގެ އިންޓަރ ހައުސް  ބަހުސް މުބާރާތް މިއަދު ފަށައިފި އެވެ.

މިއަދު މެންދުރު 2 ޖެހިއިރު ޖަލާލުއްދީން ސްކޫލް ހޯލްގައި ފެށުނު މި މުބާރާތުގައި މިއަދު ދެ ބަހުސެއްގައި ބައިވެރިންވަނީ ވަކާލާތުކޮށްފައެވެ. މިގޮތުން މި މުބާރާތުގެ ފުރަތަމަ ބަހުސްގައި އެމަރަލްޑް ހައުސް އާއި ޓޮޕޭޒް ހައުސް ބައްދަލުކޮށް 372 ޕޮއިންޓް 349 ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ޓޮޕާޒް ހައުސް އެވެ. މިއަދު ވަލާލާތުކުރެވުނު ދެވަނަ ބަހުސްގައި ރުބީ އާއި ސަފާޔާ ވާދަކޮށް ސަފާޔާ ކާމިޔާބުކުރީ 320 ޕޮއިންޓް 312 ޕޮއިންޓުންނެވެ.

މި މުބާރާތް ކުރިއަށްގެންދަނީ ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

 މި މުބާރާތުގެ މެޗުތައް މާދަމާވެސް ކުރިއަށްދާނެއެވެ. މިގޮތުން މާދަމާގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓޮޕާޒް އަދި ސަފާޔާއެވެ. އަދި ދެވަނަ މެޗްގައި ބައްދަލު ކުރާނީ ރޫބީ އާއި އެމަރަލްޑެވެ.

ހަފްތާ ބަންދުގައި ބާއްވާ މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355