twitterviber whatsapp telegramfacebookyoutube instagram
12th May 2025

ކުޅުދުއްފުށީގައި ރާޅާ އެޅުމުގެ މުބާރާތެއް ބާއްވަނީ

Apr 21, 2013

ކުޅުދުއްފުށީ ކައުންސިލާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުޅުދުއްފުށީގައި ރާޅާ އެޅުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒް ވިދާޅުވީ މިމުބާރާތަކީ ކުޅުދުއްފުށީގައިތިބި ރާޅާއަޅާ ޒުވާނުންނަށް އެކުދިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު  ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.

ކުރިން ރާޅާ އެޅުމުގައިވެސް އުޅުއްވި ރަމީޒު ވިދާޅުވީ މުބާރާތް ފެށުމުގެ ކުރިން ރާޅާއެޅުންތެރިންނަށް އެކަމުގެ ހުނަރު ދަސްކޮށްދިނުމަށް ކަމަށް ޚާއްސަ އިންސްޓްރަކްޓަރަކު ގެންނަވާނެ ކަމަށެވެ. އަދި ޖޫން ނުވަތަ ޖުލައި ހިސާބުގައި ބޭއްވޭތޯ މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ރަމީޒު ވިދާޅުވި އެެވެ.

ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރާޅާއަޅާ ޒުވާނުންނާ ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355