twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެމްޑީޕީއިން ކުޅުދުއްފުށީގައި ޑޯޓުޑޯ ކެމްޕޭން ފެށުމުގެ ގޮތުން ޖަލްސާއެއް ބާއްވައިފި

Apr 21, 2013

ކުޅުދުއްފުށީގައި އެމްޑީޕީ އިން ޑޯޓުޑޯ ކެމްޕޭން ފެށުމުގެ ގޮތުން ޖަލްސާއެއް ބާއްވައިފި އެވެ.

ރޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޖަލްސާގައި ކުޅުދުއްފުށީ އެމްޑީޕީ ކެމްޕޭން މެނޭޖަރު ޖަމްޝީދު މުހައްމަދު ވިދާޅުވީ މަޑުމަޑުން ތިބެވެން ނެތް ކަމަށާއި ޑޯޓުޑޯ ކެމްޕޭން ކުޅުދުއްފުށި ނޫން ރަށްރަށުގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި ޑޯޓުޑޯ ކެމްޕޭނާއި ދޭތިން ފަހެތި ކެމްޕޭން އެންމެ އެދެވޭ ގޮތަށް ކުރިއަށް ނުދާކަން ޖަމްޝީދު ފާހަގަ ކުރެއްވި އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ އިވެންޓު މެނޭޖަރ އަހުމަދު އާތިފް ރޭ ވިދާޅުވީ އެމްޑީޕީއަކީ ފިކުރެއް ކަމަށާއި މިއަދު އެމްޑީޕީގެ ވެރިކަން އޮތްނަމަ އެތައް ޒުވާނުންނަކަށް ވަޒީފާގެ ފުރުސަތުތައް ލިބިފައިވާނެ ކަމަށެވެ. ނަޝީދުގެ ވެރިކަން ވެއްޓުމުން އެންމެ ބޮޑަށް ގެއްލުންވި އެއް ރަށަކީ ކުޅުދުއްފުށި ކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅެންޖެހޭ މިންވަރު ބޮޑުވާނޭ ކަމަށެވެ.

ރޭ ވަނީ ޑޯޓުޑޯ ކެމްޕޭނުގައި އަމަލީ ގޮތުން ހަރަކާތްތެރިވާނެ ފަރާތްތައް ނަންނޯޓުކުރުމަށް ހުށައަޅާފައެވެ.

ކުޅުދުއްފުށި ފިޔަވައި ބޮޑެތި ދާއިރާތަކުގައި ޑޯޓުޑޯ އާއި ދޭތިން ފަހެތި ކެމްޕޭން މިހާރު ކުރިއަށްގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355