twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ހދ އަތޮޅު ތައުލީމ މަރުކަޒުގައި ބެލެނިވެރިން ކިޔަވައިދޭ ދުވަހެއް ފާހަގަ ކޮށްފި

Apr 22, 2013

މިމަހުގެ 18 ވީ ބުރާސްފަތި ދުވަސް ވެގެން ދިޔައީ ހދ އަަތޮޅު ތައުލީމީ މަރުކަޒުގެ ހަޔާތުގައި ތަޖުރިބާ ކުރި ވަރަށް ތަފާތު ދުވަހަކަށެވެ. ޓީޗަރުންގެ ބަދަލުގައި ދަރިވަރުން ނަށް ކިޔަވައިދިނުމަށް އެދުވަހު އެސްކޫލުގައި ހަރަކާތް ތެރިވެފައިވަނީ މުޅިން ވެސް ބެލެނިވެރިންނެވެ.

ބެލެނިވެރިން ކިޔަވައިދިން ދުވަހާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ޒިޔާދު ވިދާޅުވީ ސްކޫލުގެ ހުރިހާ ކަމެއް ބެލެނިވެރިންގެ އަތްމައްޗަށް ދޫކޮށްލަން ނިންމީ ސްކޫލު ހިންގުމާ ކިޔަވައިދިނުމުގެ ކަންތައްތައް ބެލެނިވެރިންނަށް ތަޖުރިބާކޮށްދިނުމުގެ މަގްސަދުގަ އެވެ.

700 އަށް ވުރެއް ގިނަ ކުދިން ތައުލީމް ހާސިލް ކުރަމުންދާ އޭއީސީގައި އެދުވަހު ޓީޗަރުންގެ ގޮތުގައި ކުލާސް ތަކަށް ގޮސް ތަފާތު ފިލާވަޅު ތައް ވަނީ ބެލެނިވެރިން ނަގާދީފައެވެ. ޓީޗަރުންގެ އިތުރުން  ލީޑިން ޓީޗަރުންގެ ގޮތުގަ އާއި ޕްރިންސިޕަލްގެ ގޮތުގައިވެސް ފެނިގެން ގޮސްފައިވަނީ ވެސް ބެލެނިވެރީންނެވެ.

އެއް ދަންފަޅީގައި ކުރިއަށް ދިޔަ މިހަރަކާތްތަކަށްފަހު ބެލެނިވެރިންނަށް ހާއްސަ ސެމިނާއެއް ޓީޗަރުން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިންގެ ފޯރި ގަދަ ކުޅިވަރުތަކެއް އެދުވަހު ހަވީރު  ސްކޫލުގައި ކުރިއަށް ގެންގޮސްފައެވެ.

މިއީ މިފަދަ ގޮތަކަށް ބެލެނިވެރިން ކުޅުދުއްފުށީ ސްކޫލެއް ގައި ކިޔަވައިދިން ފުރަތަމަ ފަހަރެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355