twitterviber whatsapp telegramfacebookyoutube instagram
9th April 2026

އިންޑިޔާއިން ހައްޔަރުކުރި ކުޅުދުއްފުށީ މީހާގެ އަތުން ފެނުނީ މަސްތުވާތަކެއްޗެއް ނޫން: ކޯޓު

Apr 22, 2013

މިދިޔަ އަހަރު ސެމްޓެމްބަރު މަހު ތެރޭގައި 1 ކިލޯއަށް ވުރެއް ގިނަ މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިޔާގެ ޓުޓިކޮރިން އިން ހައްޔަރުކުރި ކުޅުދުއްފުށީ މީހާގެ އަތުން ފެނުނީ މަސްތުވާތަކެތި ނޫންކަމަށް ޓެސްޓުތަކުން ދެއްކުމުން އޭނާ ބަންދުން ދޫކޮށްލުމަށް އިންޑިޔާގެ ކޯޓުން ހުއްދަ ދީފިއެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީ ގަދަބިންފާޅުގެ، އަހުމަދު މޫސާ އެވެ.

ދުވަހު ނޫސް “ހަވީރު“ގައިވާ ގޮތުން އޭނާ ދޫކޮށްލައިފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު މަދުރާއީގެ ޑިސްޓްރިކްޓް ކޯޓުންނެވެ. އޭނާ ދުކޮށްލުމަށް ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާގެ އަތުން ފެނުނު މާއްދާތައް ޓެސްޓް ކުރިއިރު އެއިން އެއްވެސް އެއްޗެއް ޑްރަގަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށެވެ. އެހެން ކަމުން އޭނާގެ މައްޗަށް އުފުލިފައިވާ ތުހުމަތުތަކާއި އެކަމާ ގުޅިގެން އޭނާއާ މެދު އަޅާފައިވާ ފިޔަވަޅުތައް ވަގުތުން ނިމުމަކަށް ގެންނަން ކޯޓުން އަމުރުކޮށްފައިވެ އެވެ.

ކޯޓް އަމުރާ ގުޅިގެން އޭނާ ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާގެ އެއްވެސް ކުށުގެ ރެކޯޑެއް އޮތް ތޯބަލާފައެވެ .އެހެން ނަމަވެސް އޭނާގެ އެއްވެސް މައްސަލައެއް ފައިލް ކޮށް ތަހުގީގު ކުރަމުން ނާންނަކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355