twitterviber whatsapp telegramfacebookyoutube instagram
11th August 2026

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ދިވެހި ފޯވަހި ފަށައިފި

Apr 24, 2013

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔަވާކުދިންގެ ގުޅުމުގެ ދިވެހި ލިޓްރަރީ އެސޯސިއޭޝަނުން (ޑީއެލްއޭ) އިންތިޒާމްކޮށްގެން ބާއްވާ “ދިވެހި ފޯވަހީ”ގެ ހަރަކާތްތައް ބާއްވަމުން އެބަދެއެވެ.

މިނޫހަށް މައުލޫމާތު ދެެއްވަމުން ގްރެޖުއޭޓް ލީޑިން ޓީޗަރ ހަސީނާ އިބްރާހިމް ވިދާޅުވީ މިހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ދިވެހި ބަސް ތަރައްޤީކޮށް ކުރިއަރުވާ، ދަރިވަރުންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ލޯބި އިތުރުކުރުން ކަމަށެވެ.

މީގެ ކުރީގެ އަހަރުތަކާއި ޚިލާފަށް މިފަހަރުގެ މި ފޯވަހީގައި ކޮންމެ ދަރިވަރަކުވެސް ބައިވެރިވެ ހުށައެޅުމެއް ހުށައަޅަންޖެހޭނެއެވެ. މި ފޯވަހީގެ ތެރޭގައި މަޒުމޫނު ލިޔުމާއި، ވާހަކަ ލިޔުމާއި، ޅެމާއި ޚަބަރު ކިޔުން ފަދަ ކަންތައްތައް ކުރިއަށްގެންދެއެވެ. މުބާރާތެއްގެ ސިފައިގާ ބާއްވާ މި ޚަރަކާތުގައި ވަނަވަނައަށް އަންނަ ދަރިވަރުން ހޮވާނެއެވެ.

ހދ އޭއީސީގެ ގޯތި ތެރޭގައި ކުރިއަށްދާ މި ހަރަކާތްތައް މިހަފްތާގެ އާދިއްތަ އިން ފެށިގެން އަންނަ މެއި މަހުގެ 7 ގެ ނިޔަލަށް ކުރިއަށްދާނެއެވެ.

[yass cats=26]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355