twitterviber whatsapp telegramfacebookyoutube instagram
27th October 2025

އަތޮޅު ރަށްވެހިގެ ތަރައްޤީކޮށް ހިންގުމުގެ ފުރުޞަތު ހުޅުވާލައިފި

Apr 25, 2013

ހދ އަތޮޅު ރަށްވެހިގެ އިމާރާތް ތަރައްގީކޮށް ގެސްޓްހައުސްއެއް ނުވަތަ ހޮޓަލެއްގެ ގޮތުގައި ހިންގާ ބަލަހައްޓާނެ ފަރާތަކަށް އެކަމަށް އެދި ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

ހދ. އަތޮޅު ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، ރަށްވެހިގެ އިމާރާތް ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާބެހޭ ލިޔެކިއުންތަކާއި ބީލަން ފޮތް 30 އޭޕްރީލް 2013 ވާ އަންގާރަ ދުވަހުން ފެށިގެން 2 މެއި 2013 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ނިޔަލަށް ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެކަމަށެވެ.

ވަކި ސީރިއަލް ނަންބަރަކާއެކު ދޫކުރާ މި ބީލަން ފޮތުގެ އަގަކީ ދުއިސައްތަ ރުފިޔާ ކަމަށާއި، ބީލަން ފޮތް ބައްލަވައި ގަތުމަށްފަހު އެފޮތް އަލުން ފައިސާއަށް ބަދަލު ނުކުރެވޭނެ ކަމަށާއި، ބީލަން ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ބީލަން ފޮތް ބައްލަވައި ގަތުމަށް ފޮނުއްވާނަމަ، ބީލަން ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ މައުލޫމާތު ދެވޭފަދަ ބޭފުޅަކަށް ވާންވާނެ ކަމަށް އިޢުލާނުގައި ވެއެވެ.

ހދ. އަތޮޅު ރަށްވެހިގެއަކީ އަތޮޅު މާލިއްޔަތުން ޚަރަދު ކޮށްގެން 3 ބުރިއަށް ޢިމާރާތްކޮށްފައިވާ 13 ކޮޓަރީގެ ޢިމާރާތެކެވެ. ރަށްވެހިގެ ކުރިން ކުއްޔަށް ދީފައިވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެފައިވާތީ، އެއްބަސްވުން ބާޠިލުކޮށް 2012 ފެބްރުއަރީ 23 ގައި ކައުންސިލުން ވަނީ ނޯޓިސް ދީފައެވެ. އަދި ނޯޓިސް ދިން މުއްދަތުގައި ކުއްޔަށް ހިފި ފަރާތުން އެތަން ދޫކޮށްލާފައި ނުވާތީ، އެފަރާތުން އެތަން ދޫކޮށްލުމަށް 14 އޯގަސްޓް 2012 ގައިވަނީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355