twitterviber whatsapp telegramfacebookyoutube instagram
2nd June 2026

އަފީފުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބެލެނިވެރިން ކިޔަވައިދީފި

Apr 25, 2013

އަފީފުއްދީން ސްކޫލުގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުގެ ބެލެނިވެރިން ކިޔަަވައިދީފި އެވެ.

އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ މި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގުރާމަކީ ދަރިވަރުންނަން ތަޢުލީމުގެ އިތުރުން ތަފާތު މަސައްކަތްތައް ދަސްކުރުމަށް އެހީވުމަށާއި ބެލެނިވެރިންނަން ކިޔަވައިދިނުމުގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމަށް ހިންގުނު ޕްރޮގްރާމެއް ކަމަށެވެ.

މިއަދު ބެލެނިވެރީން ވަނީ  ދަރިވަރުންނަން ވެބް ޑިޒައިނިން އާއި ކޮމްޕިއުޓަރ ހާޑުވެއަރ، ކުރެހުން، ކަރަންޓު ވަޔަރިން،ފަންގިވިއުން، ސަސްޓޭނަބަލް ޑިވެލޮޕްމެންޓް، އޮޑިދޯނިފަހަރުގެ މަޢުލޫމާތު، ސްޓޮކިން މާހެދުން، ފޮތީގައި ކުރެހުން، ފަނުން ތަފާތު އެއްޗެހި ހެދުން، ބޮނބިތެޅުން، ބޮޑުބެރު، ބޯޓް ދަތުރު ކުރުން، އަދި ނޫސްވެރިކަން ކަހަލަ މުހިއްމު ބޭނުންތެރި ތަފާތު އެތައް މަޢުލޫމާތު ހިއްސާ ކޮށްފައެވެ.

މީގެ އިތުރުން ގްރޭޑް 1 ގެ ދަރިވަރުން ވަނީ ރަގަޅު ކާނާ އާއި ބެހޭ މަޢުލޫމާތު ހޯދާފައެވެ. އަދި ސްކޫލުގައި ވަނީ ރަގަޅު ކާނާ އެކުލެވޭ ޕާޓީ އެއް ބާއްވާފައެވެ.އަދި މިއަދުގެ މުނާސަބަތުގައި ސްކޫލުގެ ގޯތި ތެރޭގައި ގަސްއިންދުމުގެ ޕްރޮގުރާމެއް މިއަދު ހަވީރު ކުރިއަށް ދާނެއެވެ.

އަހަރީ ދުވަހުގެ ފޮޓޯތައް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355