twitterviber whatsapp telegramfacebookyoutube instagram
9th April 2026

ހިޓާޗީ މެގަ ޕްރޮމޯޝަން އެސްޓީއޯއިން ފަށައިފި

Apr 26, 2013

އެސްޓީއޯ އިން ވިއްކަމުންދާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ ހިޓާޗީގެ “މެގަ ޕްރޮމޯޝަން” ފަށައިފި އެވެ.

އެސްޓީއޯއިން މައުލޫމާތު ދޭގޮތުގައި މި ޕްރޮމޯޝަނަކީ ހިޓާޗީ މަރުކާގެ ބައެއް ޕްރޮޑަކްޓްސްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ގެ ތެރޭގައި ބައްލަވައި ގަންނަ ކޮންމެ ހިޓާޗީ ޕްރޮޑަކްޓަކަށް %20 އާއި ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި މީގެ އިތުރުން 1000 ރުފިޔާ އިން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހާއްޞަ ލަކީޑްރޯއެއް ގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެއެވެ.

މި ލަކީޑްރޯ ގެ އެއްވަނަ އިނާމެއްގެ ގޮތުގައި 2 ބޭފުޅަކަށް އުމުރާ ދަތުރެއް ދޭނެކަމަށް އެސްޓީއޯ އިން ބުނެއެވެ. ދެވަނަ އިނާމެއްގެ ގޮތުގައި 15000ރ ގެ އަގުހުރި ގިފްޓް ވައުޗަރެއް އަދި ތިންވަނަ އިނާމެއްގެ ގޮތުގައި 10000ރ ގެ އަގުހުރި ގިފްޓް ވައުޗަރެއް ލިބޭނެއެވެ.

ހިޓާޗީ މަރުކާގެ ޕްރޮޑަކްޓްތަކަކީ ތިމާވެއްޓާއި ރައްޓެހި ޚަރަދު ކުޑަ ޕްރޮޑަކްޓްތަކެކެވެ. އަދި މީގެ އިތުރުން 1 އަހަރާއި 6 މަސް ދުވަހުގެ ވޮރެންޓީ އާއި 5 އަހަރު ދުވަހުގެ ކޮމްޕްރެސަރ ވޮރެންޓީ ވެސް ހިޓާޗީ މަރުކާގެ ޕްރޮޑާކްޓް ތަކުން ލިބެއެވެ.

މި ޕްރޮމޯޝަން އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް، ސުޕަރ މާރޓް އަދި އަތޮޅު ތެރޭގައި ހުޅުވާފައިވާ ރީޖަނަލް ޑިސްޓްރިބިއުޝަން ސެންޓަރުތަކުގައި ކުރިޔަށް ދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355