twitterviber whatsapp telegramfacebookyoutube instagram
27th October 2025

ވިލާ ކޮލެޖްގައި މިއަހަރުގެ ދެވަނަ ސެމެސްޓަރއަށް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށައިފި

Apr 27, 2013

ވިލާ ކޮލެޖްގައި މިއަހަރުގެ މެއި މަހުގެ ސެމެސްޓަރގައި ފަށާއެކި ކޯސްތަކުގައި ދަރިވަރުން ރެޖިސްޓަރ ކުރަން ފަށައިފި އެވެ.

ވިލާ ކޮލެޖްގެ ކިޔުއައި ކެމްޕަސްގައި މިއަދުން ފެށިގެން 30 އެޕްރީލް 2013 ގެ ނިޔަލަށް ރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށް ގެންދާނެކަމުގައި ވިލާ ކޮލެޖުން މަޢުލޫމާތު ދެއެވެ. އަދި ވިލާ ކޮލެޖްގެ ފުވައްމުލަކު ކެމްޕަސްގައި 29 އެޕްރީލް 2013 އިން 2 މެއި 2013 އަށް ރެޖިސްޓްރޭޝަން އޮންނާނެ އެވެ. އަދި ވިލާ ކޮލެޖްގެ އޭދަފުށި، ފުނަދޫ އަދި ނައިފަރު ކެމްޕަހުގައި ކުދިން ރެޖިސްޓަރ ކުރުމުގެ ކަންކަން ކުރިއަށްދާނީ 2 މެއި 2013 ގައެވެ.

މިއަހަރުގެ ދެވަނަ ސެމެސްޓަރގައި ވިލާ ކޮލެޖްގައި ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 5 ވަނަ ދުވަހުގައެވެ.

ވިލާ ކޮލެޖުން މަޢުލޫމާތު ދޭގޮތުގައި މިހާރުވެސް 2500 އަށް ވުރެ ގިނަ ދަރިވަރުން އެކޮލެޖްގައި ރެޖިސްޓްރީވެ މަތީތަޢުލީމު ހާޞިލްކުރަމުން ގެންދެއެވެ. އަދި ރަށްރަށުގައި ހުރި ކެމްޕަސްތައް ހިމަނައިގެން 725 އަށްވުރެ ގިނަކުދިން މި ސެމެސްޓަރގައި ވިލާ ކޮލެޖާއި އަލަށް ގުޅޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355