twitterviber whatsapp telegramfacebookyoutube instagram
9th July 2025

ކުޅުދުއްފުށީގައި ހުވަނީގެ އުނދަގޫ ބޮޑުވެފައި

Apr 29, 2013

ކުޅުދުއްފުށީގައި ހުވަނީގެ އަސަރު ބޮޑުވެފައިވާ ކަމަށް ކުޅުދުއްފުށީ ޕަބްލިކް ހެލްތު ޔުނިޓުން ހާމަކޮށްފިއެވެ.

މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕަބްލިކް ހެލްތު ޔުނިޓުގެ ކޮމިއުނިޓީ ހެލްތު އޮފިސަރެއް ވިދާޅުވީ މިދުވަސްވަރު ކުޅުުއްފުށީގައި ހުވަނި ވަރަށް ގިނައިން އުޅޭ ކަމަށާއި ވިއްސާރަ މޫސުމާއި ހަމައަށް މިކަންތައް ދިގުލައިގެން ދާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށެވެ.

ހުވަނިން ރައްކާތެރި ވުމުގެ ގޮތުން ގައިގެ ބޮޑުބައެއް ނިވާވާ ކަހަލަ ހެދުން ލުމަށާއި ދުވާލުގެ ވަގުތުގައި ކުޑަކުދިން ބޭރަށް ނުނެރުމަށްވެސް އެ ޔުނިޓުން އިލްތިމާސް ކުރައްވައެވެ. އަދި ހުވަނި ހަފައިފިކަމަށް ވާނަމަ ދިޔާ ސައިބޯނި ފަދަ އެއްޗެއް ބޭނުންކޮށްގެން އަވަހަށް އެތަނެއް ދޮވެލުމަށް އިރުޝާދު ދެއްވިއެވެ.

ޕަބްލިކް ހެލްތުން މައުލޫމާތު ދޭ ގޮތުގައި، ހުވަނި އަޅާފައިހުރި ގަސްތަކަށް މާދަމާ ހެނދުނު ބޭސްޖެހުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ހުވަނި އަޅާފައިހުރި ގަސްތައް ހުރި ސަރަހައްދުތައް ފާހަގަ ކޮށްދިނުމަށް ކައުންސިލް އިދާރާގައި އެދިފައިވާނޭކަމަށްވެސް އެޔުނިޓުން މައުލޫމާތު ދެއްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355