twitterviber whatsapp telegramfacebookyoutube instagram
27th September 2026

ކުޅުދުއްފުށީ ކަނޑިންމައާ ދިމާ ބޭރަށް ދޯންޏެއް ބަނޑުން ޖަހާލައިފި

Apr 30, 2013

17:15

ބޯޓު މިހާރު ވަނީ އެހެން ދޯންޏެއްގައި ކަފުޖަހައިގެން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ކައިކޮށްފައި.

17:00

ކުުޅުދުއްފުށީ އުތުރު ބަނދަރުގެ ކަނޑިންމައާ ދިމާ ބޭރަށް ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.

ކުޅުދުއްފުށިން ފުރައިގެން  ހދ ގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ހދ ނާގޯއްޓަށް ދަތުރު ކުރި މި އޮޑި އަކީ އެރަށުގައި މަސައްކަތް ކުރާ ކުންފުނީގެ ސަޕްލައި ދޯންޏެކެވެ .ފެނާއި ހިލަ ވެލި، ޑީސަލް އަދި ލަކުޑި ބަރު ކޮށްގެން މިއަދު 4 ޖަހާއެހާއިރު ފުރި މި ދޯނި މާ ގިނަ އިރު ތަކެއް ނުވެ ބަނޑުން ޖެހި ސަބަބެއް އަދި ނޭގެއެވެ.

އެމް.އެން.ޑީ.އެފްގެ ހާބަރ ޕެޓްރޯލް ލޯންޗެއް މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އެދޯނީގައި ކަފުޖަހައިގެން މިހާރު ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ވެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޯޓުން ދަތުރުކުރީ ކިތައް މީހުންކަމެއް އަދި ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަމެއް އަދި ވަނީ ސާފުނުވެ.

 

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293