twitterviber whatsapp telegramfacebookyoutube instagram
29th August 2025

ކުޅުދުއްފުށިން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

May 1, 2013

ހދ ކުޅުދުއްފުށިން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ކައުންސިލުން މައުލޫމާތު ދޭގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހދ ކުޅުދުއްފުށީ ވާވެލާވެލީ އިރުފާން މުހައްމަދެވެ.

އިރުފާންގެ ބައްޕަ ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެމުން ބުނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ދަރިފުޅަށް ގުޅާފަ ގެއަށް އަންނަނީ ކޮންއިރަކުންތޯ އެހުމުން 10 މިނިޓް ތެރޭގައި އަންނަ ކަމަށް ބުންޏެވެ. އެހެންނަމަވެސް 10 މިނިޓް ފަހުންވެސް ގެއަށް ނައުމުން ދަރިފުޅަށް ފޯނުކުރިއިރު ފޯނު ނިވާލާފައިވާކަމަށް އެކުއްޖާގެ ބައްޕަ ބުންޏެވެ. އެހެންނަމަވެސް އޭގެ ފަހުން ފޯނަށް ގުޅުނު ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށް އޭނާ ބުނެއެވެ. އިރުފާން ގެއިން ބޭރަށް ދިޔައީ ގޭގެ އެއްވެސް މީހަކާ މައްސަލައެއް ޖެހިގެން ނޫންކަމަށްވެސް އޭނާ ބުންޏެވެ.

އެކުއްޖާ ގެއްލިގެން އާއިލާއިން ކުޅުދުއްފުށީ ޕޮލިސް ޓޭޝަނަން ރިޕޯޓް ކޮށްފައިވަނީ މިއަދު އިރުއޮއްސި 19:43 ގައެވެ. ކުޅުދުއްފުށީ ޕޮލިހާ  ކައުންސިލާ އަދި އާއްމު ރައްޔިތުން ވެގެން މިހާރު  މީނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355