twitterviber whatsapp telegramfacebookyoutube instagram
12th May 2024

އެސްޓީއޯ “ގިފްޓް ޔޯރ ލަވްޑް ވަންސް” ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފި

May 2, 2013

އެސްޓީއޯ “ގިފްޓް ޔޯރ ލަވްޑް ވަންސް” ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ  5 ގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

އެސްޓީއޯއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޕްރޮމޯޝަންގެ މުއްދަތު އިތުރުކުރެވިފައިމިވަނީ ކަސްޓަމަރުންގެ ވަރަށް ބޮޑު އެދިލެއްވުމުގެ މަތިންނެވެ. އަދި މިވީ ކުޑަ މުއްދަތުގެ ތެރޭގައި އުއްމީދު ނުކުރާ ވަރުގެ ތަރުހީބެއް ލބިފައިވާ ކަމަށްވެސް އެސްޓީއޯ އިން ހާމަ ކުރެއެވެ.

މިޕްރޮމޯޝަން ކުރިއަށްދާއިރު ފިލިޕްސްގެ ބަދިގެ ސާމާނާއި  ރީތިވުމަށް ބޭނުންކުރާ އައިޓަމްތަކުން %15 އާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށާއި އަދި މިޕްރޮމޯޝަންގައި 2,000 (ދެހާސް ރުފިޔާ) އަށްވުރެ މަތިން ކުރައްވާ ކޮންމެ ފިލިޕްސްގެ ވިޔަފާރިއަކަށް ފިލިޕްސް ބްލެންޑަރެއް ލިބޭނެ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.  އަދި މީގެ އިތުރުން ފިލިޕްސްގެ އެއަރފްރަޔަރ ބައްލަވައިގަތުމުން ފިލިޕްސް ބްލެންޑަރަކާއި ޓޯސްޓަރެއް ހިލޭ ލިބިގެންދާނެ ކަމަށް އެފަރާތުން ހާމަކުރެއެވެ.

އެސްޓީއޯއިން މަޢުލޫމާތުދޭ ގޮތުގައި މިޕްރޮމޯޝަން ކުރިއަށްދާ ދުވަސްތަކުގައި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ޑެމޯ ސެޝަންތައްވެސް ކުރިއަށްދެއެވެ. މިސެޝަންތަކުގައި ފިލިޕްސްގެ މިއައިޓަމްތައް ކަސްޓަމަރުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

ހުސްވި އޭޕްރީލް މަހުގެ 11އިން ފެށިގެން މި ޕްރޮމޯޝަން ކުރިއަށްދަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، ސުޕަރމާރޓް، ވިލިމާލެ އަދި ހުޅުމާލެ ފިހާރައިގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355