twitterviber whatsapp telegramfacebookyoutube instagram
13th May 2024

ކުޅުދުއްފުށީ ފަޅުތެރެއަށް މީހަކު ވިހައިފި

May 3, 2013

ކުޅުދުއްފުށީ ފަޅުތެރެއަށް  ށ ނަރުދޫ މީހަކު ވިހައިފި އެވެ.

މިއަދު ހަވީރު ނަރުދޫ  އިން އެމެޖެންސީގައި ވިހަން ގެނައި މިމީހާ ވިހާފައިވަނީ އެ އަންހެން މީހާ ގެނައި ލޯންޗް ކުޅުދުއްފުށީ ފަޅުތެރޭގައި އަޅާފައި އޮއްވާ  އެވެ. ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަމުން ވިހޭ މީހާގެ  ދައްތައެއް ބުނީ ލޯންޗު ތެރެއަށް ވިހެއީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެމްބިއުލާންސް އައުން ލަސްވުމުން ކަމަށާއި ނަރުދޫ އިން ކުޅުދުއްފުއްޓަށް ފޮނުވާލަމުންވެސް ނަރުދޫ އިން ކުޅުދުއްފުށީ ހޮސްޕިޓަލަށް ގުޅި ކަމަށެވެ.

“ކުޅުދުއްފުއްޓަށް ފޮނުވާލަމުން ވެސް ރަށުން ގުޅި އެކަމަކު މިތަނަށް އައި އިރު އެމްބިއުލާންސެއް ނެތް. ދެން އަހަރެމެން ހޮސްޕިޓަލަށް ގުޅާ ގުޅާ ފޯނެތް ނުނަގާ. އެތައް އިރަކު ގުޅިފަހުން  ހޮސްޕިޓަލުން ފޯނު ނެގީ. އެމްބިއުލާންސަށް އާދެވުނީ ގުޅުނު ފަހުން ބައިގަޑިއިރަށް ވުރެ ގިނަ އިރުވީ ފަހުން. އެމްބިއުލާންސް އައިރު ވިހައިފި.” ރުޅި އައިސްފައި ހުރެގެން އޭނާގެ ދައްތަ ބުންޏެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ ނަރުދޫއިން ގުޅާފައި އެމްބިއުލާންސް ރެޑީ ކޮށްދިނުމަށް އެދުނު ކަމަށާއި އެފަރާތުން އެދުނު ގޮތަށް އެމްބިއުލާންސް ބަނދަރަށް ދިޔަކަމަށެވެ. އެހެން ނަމަވެސް ނަރުދޫއިން އައި ލޯންޗަށް ވުރެ ކުރިން ބަނދަރަށް ބޭލި ބަލިމީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުމުން ލަސްވީކަމަށެވެ.

ފަޅުތެރޭގައި ވިހޭ އަންހެން މީހާއަށާއި ދަރިފުޅަށް މިހާރު ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355