twitterviber whatsapp telegramfacebookyoutube instagram
14th May 2024

އަމީރު އަމީން ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވާ ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

May 3, 2013

އަމީރު އަމީން ސްކޫލުގައި ކާބޯތަކެތީގެ މައުރަޒެއް ބާއްވާ ބައިލައްކައަށް ވުރެއް ގިނަ ފައިސާ ހޯދައިފި އެވެ.

މިއަދު 3 ގަޑިއިރަށް ކުރިއަށް ދިޔަ މިމައުރަޒުން ތަފާތު ވައްތަރުގެ ކާބޯތަކެތި ވިއްކައިގެން 58083.75 ރުފިޔާ ހޯދާފައި އެވެ. މި މައުރަޒަކީ ދަރިވަރުން ކިޔެވުމުގެ މާހައުލުގައި ބޭނުން ކުރާ އެކި ވަތަރުގެ ތަކެތި ހޯދުމަށް ފައިސާ ހޯދުމުގެ ގޮތުން ބޭއްވި މައުރަޒެއް ކަމަށް އެ ސްކޫލުން މައުލޫމާތު ދެއެވެ.

އަމީރު އަމީން ސްކޫލުގެ ޕީޓީއޭއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިމައުރަޒުގެ ސްޓޯލްތައް ހުޅުވައި ދެއްވީ އާޕޮންއިންޓް ފިހާރައިގެ މެނޭޖަރ އަހުމަދު ސައުދާއި ކަދުރު ފިހާރައިގެ ވެރިފަރާތް އަބުދުލް ހަމީދު މޫސާ އާއި ގައުމީ ޔުނިވަރސިޓީގެ ލެކްޗަރ އަލީ މުފީދު އަދި ފަރިރީތި ފިހާރައިގެ ވެރިފަރާތް މުހައްމަދެވެ.

ޖުމްލަ ހަތަރު ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ދިޔަ މިމައުރަޒުގައި ރާއްޖެއިން ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ އިތުރުން ފަލަމަޑީގެ ބާވަތަކާއި ކޭކާއި އެކި ވައްތަރުގެ ފޮނިކާޖާ ހުއްޓެވެ. މިއަދު މެންދުރު ފަހު 2 ޖެހިއިރު ފެށި މި މައުރަޒުގެ ތަކެތި މާ ގިނައިރު ތަކެއް ނުވެ ވަނީ ހުސްވެފައެވެ.

ކުޅުދުއްފުށީ ސްކޫލުތަކުގެ ބެލެނިވެރިން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ސްކޫލުތަކަށް ފައިސާ ހޯދުމަށް ތަފާތު ގިނަ ހަރަކާތް ތަކެއް ކުރިއަށް ގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355