twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މާލޭ މެޑިކަލްސްގެ ހެލްތު ކޭމްޕެއް މިމަހުގެ 9 ގައި ކުޅުދުއްފުށީގައި ފަށަނީ

May 6, 2013

މާލޭ މެޑިކަލްސްގެ ހެލްތު ކޭމްޕެއް މިމަހުގެ 9 އިން 11 އަށް ކުޅުދުއްފުށީ އަތޮޅު ރައްވެހިގޭގައި އޮންނާނެ ކަމަށް އެ ކްލިނިކުން ބުނެފި އެވެ.

މި ކޭމްޕުގައި ނާރުގެ ބަލިތަކާއި އަންހެނުންގެ ބަލިތަކާއި ކެންސަރުފަދަ ބަލިތަކަށް ފަރުވާދެވޭނެ އެވެ. އަދި ދަތުގެ ގިނަ ފަރުވާތަކެއް ދެވޭނެކަމަށް އެފަރާތުން ބުނެއެވެ.

މި ކޭމްޕުގައި ނާރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ. ބާލަ ސުބްރަމާނިއަން އާއި، އަންހެނުންގެ އަދި ކެންސަރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު ޑރ.  އަނުޕަމާ ރާޖަންގެ އިތުރުން ހަމުގެ ޚާއްސަ ޑޮކްޓަރު ޑރ މުހައްމަދު ހައިކަލްވެސް ބަލިމީހުންނަށް ފަރުވާ ދެއްވާނެއެވެ. މީގެ އިތުރުން ދަތުގެ ޚާއްސަ ޑޮކްޓަރު ޑރ. ޖީޖީ ސެލްވަރާޖް ދަތުގެ އެކިއެކި މައްސަލަތަކަށް ފަރުވާ ދެއްވާނެއެވެ. އޭގެ ތެރޭގައި ދަތް އުފުރުން، ދޯރި އެޅުވުމާއި ފުޓުނި އެޅުން، ސާފުކުރުން، ރޫޓު ކެނަލް ޓްރީޓްމެންޓް އަދި ނަރުގަނޑު އެޅުވުން ފަދަ ފަރުވާތައް ހިމެނެެއެވެ.

މި ކޭމްޕަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ކަންތައްތައް 9693535 އަށް ގުޅައިގެން ހަމަޖެހޭނެ ކަމަށް ކުޅުދުއްފުށީގައި އެ ކޭމްޕު އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.

މާލޭ މެޑިކަލްސް ގެ މި ކޭމްޕަކީ ހއ، ހދ އަދި ށ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސިއްހީ ހިދުމަތްދޭ ކޭމްޕުތަކުގެ ތެރެއިން ކޭމްޕެކެވެ. ފަހަކަށް އައިސް ކުޅުދުއްފުށީގައި މިފަދަ ކޭމްޕުތައް ވަރަށް ގިނައިން ބާއްވަމުން އާދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355