twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ހަނިމާދޫ ބޮޑޭއަށް އެހީތެރިވުމުގެ ގޮތުން މަސައްކަތު ދުވަހެއް ފާހަގަ ކޮށްފި

May 7, 2013

ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ، ހދ. ހަނިމާދޫ ބޯގަންވިލާ މުހައްމަދު އާދަމް (ބޮޑޭ) 30، އަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ އެކުވެރި ކުލަބާ ގުޅިގެން ފާހަގަ ކުރި މަސައްކަތު ދުވަހުން 13 ހާހެއްހާ ރުފިޔާ ހޯދައިފި އެވެ.

މިކަމާއި ގުޅިގެން ބޮޑޭގެ އާއިލާގެ ފަރާތުން ވާހަކަދެއްކި އާދަމް އިބްރާހިމް ބުނީ 4 މެއި ވީ ހޮނިހިރު ދުވަހުގެ ހެނދުނު 8 އިން ފެށިގެން 6 އަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރި ވެފައިވާ ކަމަށެވެ. މިހާރު ބޮޑޭގެ ކިޑްނީ ޓްރާންސްޕްލާންޓު ކޮށްފައިވާ ކަމަށާއި އަންނަ ޖޫން މަހުގެ މެދު ތެރޭގައި އިތުރު ފަރުވާއަށް އަނެއްކާވެސް ދާން ޖެހޭ ކަމަށެވެ.

ބޮޑޭގެ އާއިލާގެ ފަރާތުން ވާހަކަ ދެއްވި އިތުރު މީހަކު ބުނީ ބޮޑޭ އަށް މިހާރު ފަރުވާ ދެމުން ދަނީ މާލޭގައި ކަމަށާއި އެވްރެޖް ގޮތެއްގައި ހާލު ރަނގަޅު ކަމަށެވެ.

ކިޑްނީ ރީނަލް ފެއިލިއަރގެ ފަހު ހަރުފަތުގައި ދުވަސްތައް ހޭދަކޮށް މިހާރު ޓްރާންސްޕްލާންޓް ހަދާފައިވާ ބޮޑޭއަކީ ކުރިން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސްގެ އިތުރުން ހަނިމާދޫ ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ނައިބު ރައީސް ކަންވެސް ކޮށްފައިވާ ޒުވާނެކެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސާއްބަ އެކުވެރި ކުލަބާއި ގުޅިގެން ހަނިމާދޫ ބޮޑޭއަށް އެހީތެރިވުމަށް ފައިސާ ހޯދުމަށް މިދިޔަ މާރޗް މަހުގެ ތެރޭގައިވެސް މަސައްކަތު ދުވަހެއް ފާހަގަކޮށް ބައިލައްކައެއްހާ ރުފިޔާ ވަނީ ހޯދާފައެވެ. އަދި އެރަށު ކެތިއަރާ ބޮޑުބެރު ގުރޫޕުން ކުޑަކުދިންގެ ހަވީރެއް ބާއްވާ 13 ހާހެއްހާ ރުފިޔާވެސް ހޯދާފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355