twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މަގުހެދުމާ ބެހޭގޮތުން މިނިސްޓަރު ދެއްކެވި ވާހަކަފުޅުތައް ކުޅުދުއްފުށީ ކައުންސިލުން ދޮގުކޮށްފި

May 6, 2013

ކުޅުދުއްފުށީ އަމީނީމަގު ހެދުމުގެ މަޝްރޫއާގުޅޭގޮތުން ކުޅުދުއްފުށީ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް، ރައީސުލްޖުމުހޫރިއްޔާ ޑރ. ވަހީދު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތައް ކުޅުދުއްފުށީ ކައުންސިލުން ދޮގު ކޮށްފިއެވެ.

އެ ބައްދަލުވުމުގައި ހައުސިން މިނިސްޓަރ ވިދާޅުވީ، ކުޅުދުއްފުށީ ކައުންސިލުން ކުޅުދުއްފުށީ އަމީނީމަގު ހެދުމަށް ހުރަސް އަޅާ ކަމަށާއި މަގުގައި އަތުރަން ޖެހޭނީ ގައު ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. އަދި މަގުގެ މެދުގައި ޖަހާފައިހުރި ހޮޅިދަނޑިތަކަކީ ރައްޔިތުންގެ ތަކެއްޗަށް ވާތީ އެތަކެތި ސަރުކާރަށް ނުނެގޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވި އެވެ.

ކައންސިލް ބުނީ ކުޅުދުއްފުށީ އަމީނީމަގަކީ ގައު އެތުރުމަށް ޑިޒައިން ކޮށް ފައިވާ މަގަކަށް ވާތީ އެމަގުގެ ކޮންސެޕްޓް ބަދަލު ނުކޮށް ތާރު އަޅާފިނަމަ މެއިންޓަންސް ކުރާފަރާތަކަށް މަސައްކަތްކުރުމަށް ދަތިތަކެއް ކުތިމަތި ވާނޭކަމަށް އެފަރާތަކުން ކަޢުންސިލަށް ހުށައަޅާފައިވާ ކަމަށެވެ.އަދި މަގުގެ ކޮންސެޕްޓް ބަދަލު ކުރުމަށް ފަހު މަގުގެ ތާރު އެޅުމަށް އިއުތިރާޒު ނުކުރައްވާކަމަށެވެ.

އެހެންނަމަވެސް ކައުންސިލުން ބުނީ ކުޅުދުއްފުށީ އަމީނީމަގަކީ ގައު އެތުރުމަށް ޑިޒައިން ކޮށްފައިވާ މަގަކަށް ވާތީ އެމަގުގެ ކޮންސެޕްޓް ބަދަލު ނުކޮށް ތާރު އަޅައިފިނަމަ ކޭބަލް ޓީވީފަދަ ހިދުމަތްތައް ދޭ ފަރާތްތަކަށް މަގުގައި މަސައްކަތްކުރުމަށް ދަތިތަކެއް ކުތިމަތި ވާނެ ކަމަށް ބުނެ ކައުންސިލަށް އެކަން ހުށަހަޅާފައިވާ ކަމަށެވެ. މަގުގެ ކޮންސެޕްޓް ބަދަލު ކުރުމަށްފަހު މަގުގެ ތާރު އެޅުމަށް އިއުތިރާޒު ނުކުރާ ކަމަށް ކައުންސިލުން ބުނެއެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ އަމީނީމަގުގެ މެދު ގައި ޖަހާފައި ހުރި ހޮޅިދަނޑި ތަކަކީ ކުރީގެ ރަށްކުރިއަރުވާ ކޮމެޓީން ޖަހާފައިވާ ހޮޅިދަނޑި ތަކެއް ކަމަށާއި އެހޮޅިދަނޑިތައް އަނދިރި އެހެން މަގުތަކުގައި ޖެހުމަށް ކައުންސިލާއި ހަވާލު ކުރުމަށް ފަހު ސަރުކާރުން އަމީނީމަގުގައި ޖަހަން ފެންވަރު ރަގަޅު ހޮޅިދަނޑި ތަކެއް ބޭރުން ގެނައުމަށެވެ. އަދި އެހޮޅިދަނޑި ތަކަށް ބޭނުންވާ ކޭބަލް ކައުންސިލުން ފޯރު ކޮށްދޭނެ ކަމަށް ހައުންސިން މިނިސްޓަރުގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

ރައީސް ވަހީދު އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި، މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާބެހޭ ގޮތުން، އެ ބައްދަލުވުމަށް ގޮސްތިބި މީހުންގެ މެދުގައި ވޯޓެއް ނެގި މައްސަލާގައި ކައުންސިލުން ބުނެފައިވަނީ، އެގޮތަށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގާނަމަ އެކަން ކުރިން އަންގަންޖެހޭނެ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނެގެން ޖެހޭނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ ބުނެފައި އެވެ.

އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ 133 މީހުންނެވެ. އެބައްދަލުވުމުގައި ނެގި ވޯޓުގައި ގިނަ ބަޔަކު ބުނެފައިވަނީ އަމީނީމަގުގައި ހަދަން ބޭނުންވަނީ ތާރު އަޅައިގެން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355