twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ށ. އަތޮޅު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތި އަހަރެއްވަނީ

May 6, 2013

ށ. ފުނަދޫގައި ހުންނަ އެ އަތޮޅު އަތޮޅު ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނެތި އަހަރެއްވާން ކައިރިވެފައިވާއިރު އެރަށަށް ސަރުކާރުން ޑޮކްޓަރެއް ފޮނުވައިދޭނެ ދުވަހެއްވެސް ނޭގޭ ކަމަށް އެރަށުގެ ބައެއް ރައްޔިތުން ބުނެފި އެވެ.

އެރަށުން މިނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން އެރަށުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ނުހުންނަ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ގިނަ ދަތިތަކެއް ދިމާވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ށ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެހުންނެވި މޫސާ ހަނީފް ވިދާޅުވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ހޮސްޕިޓަލުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ ހިދުމަތް ނުދެވޭ ކަމަށެވެ. އަދި ޑޮކްޓަރެއް ހޯދުމަށް މިނިސްޓްރީގައި ވަރަށް ގިނައިން އެދިފައިވާނެ ކަމަށް ހަނީފް ވިދާޅުވި އެވެ. އެހެންނަމަވެސް ބަލިތަކަށް ހާއްސަ ޑޮކްޓަރުން ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވާ ކަމަށް ހަނީފު ވިދާޅުވި އެވެ.

ހަނީފް ވިދާޅުވީ މިދިޔަ 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި ދެތިން މީހަކު އާންމު ބަލިތަކުގެ ޑޮކްޓަރުންގެ އެހީގައި އެ ހޮސްޕިޓަލުގައި ވިއްސި ކަމަށެވެ.

ށ ފުނަދޫ އަތޮޅު ހޮސްޕިޓަލުގައި މިވަގުތު ތިބީ 3 ޑޮކްޓަރުންނެވެ. އެއީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކާއި އާއްމު ބަލީގެ 2 ޑޮކްޓަރުންނެވެ. ށ އަތޮޅަކީ އާބާދީގައި 16000 ވުރެ ގިނަ މީހުން ދިރިއުޅޭ އަތޮޅެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355