twitterviber whatsapp telegramfacebookyoutube instagram
2nd May 2024

“ރައިޒް ކުޅުދުއްފުށީ”ގެ ނަމުގައި ޖާރނީ އިން ޕްރޮގްރާމެއް ފަށައިފި

May 8, 2013

“ރައިސް ކުޅުދުއްފުށީ”ގެ ނަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމުގައިވާ ޖާރނީ އިން ޕްރޮގްރާމެއް ފަށައިފި އެވެ.

މިކަމާ ގުޅިގެން ޖާރނީގެ ޕްރޮގްރާމް ކޯޑިނޭޓަރ މުހައްމަދު ރާޝިދު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމަކީ ކުޅުދުއްފުށީގައި މަސްތުވާ ތަކެތި އޮތް ހާލަތު ދެނެގަނެ، އެކަމާއި މެދު  ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ ކުޅުދުއްފުށީގެ ހާލަތު ދެނެގަނެ، މައުލޫމާތު ބޭނުންވާ ދާއިރާތަކާއި ބޭނުންވާ މިންވަރު ދެނެގަތުމަށް ފަހު ކުރިއަށްގެންދެވޭ ޕްރޮގްރާމެއް ކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.

މިގޮތުން އިއްޔެ ރަށުގެ ކަމުއޮށިގެންވާ ފަރާތްތަކާއި ރަށުގެ އެންޖީއޯ ތަކާއި އެކު ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާނޭ ކަމަށާއި ބެލެނިވެރިންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދެވޭ 5 ދުވަހުގެ ތަމްރީން ޕްރޮގްރާމް އިއްޔެ ފަށާފައިވާކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.

ބެލެނިވެރިންނަށް ހިންގާ ތަމްރީން ޕްރޮގްރާމުގެ އިތުރުން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޒުވާނުންނަށް އަމާޒުކޮށްގެން އިތުރު ވޯކްޝޮޕެއް ކުރިއަށްގެންދާނެއެވެ. 52 ބައިވެރިންނާއެކު ކުރިއަށްގެންދާ މި ވޯކްޝޮޕް ނިމުމުން ބައިވެރިން ރަށުގައި މަސައްކަތް ކުރާނެ އެލައެންސެއް ތައްޔާރު ކުރާނެ ކަމަށާއި ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ދޮރުން ދޮރަށް ކެމްޕޭން ކުރާނެ ކަމަށް ރާޝިދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން 100 ވަރަކަށް ޒުވާނުން ބޭނުންކޮށްގެން 1 ދުވަހުގެ ޔޫތު ކޭމްޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަންވެސް ރާޝިދު ފާހަގަ ކުރެއްވި އެވެ.

ޔުނިސެފާއި ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ޖަމިއްޔާ އާއި ޖާރނީ އާއި ގުޅިގެން ބާއްވާ މި ޕްރޮގްރާމަށް ބައިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށް ރާޝިދު ފާހަގަކުރެއްވި އެވެ. ޕިއަރ އެޑިއުކޭޝަނާއި ލައިފް ސްކިލްސް އިތުރުންވެސް ތަފާތު ލެސަން ތައް ނަގައިދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ ފެސިލިޓޭޓަރުންނަކީ އަލީ އަދީބާއި މުހައްމަދު ރާޝިދެވެ.

މިއީ ޖާރނީގެ ފަރާތުން ބާއްވާ އިންޓަރނޭޝަނަލް ރިކޮގްނައިޒްޑް އެވިޑެންސް ބޭސްޑް ޑްރަގް އެންޑް އެޗްއައިވީ ޕްރޮޓެކްޝަންގެ ދެވަނަ ޕްރޮގްރާމެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355