twitterviber whatsapp telegramfacebookyoutube instagram
26th November 2024

އަތޮޅު ކައުންސިލުގެ ނައިބު ރައީސެއް އިންތިހާބު ކުރުމަށް ބޭއްވި ޖަލްސާ ނިޒާމީ އޮއެވަރެއްގައި ޖެހި ހުއްޓާލައިފި

May 8, 2013

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސަކު އިންތިހާބު ކުރުމަށް  ބޭއްވި  ޖަލްސާ މިއަދު ވެސް ނިޒާމީ އޮއެވަރެއްގައި ޖެހި ކޯރަމު ގެއްލި ގެން ޖަލްސާ ހުއްޓާލައިފި އެވެ.

މިއަދު 10:00 ހދ އަތޮޅު ކައުންސިލް އިދާރާ ގައި އޮތް މިޖަލްސާ ވަނީ ފެށިތާ ގާނގަޑަކަށް 30 މިނިޓް އިރު ތެރޭގައި ކޯރަމް ގެއްލިފައެވެ.ކޯރަމް ގެއްލުނީ  ހދ އަތޮޅު ކައުންސިލްގެ ހުސްވެފައިވާ ނައިބު ރައީސް ކަމަށް މެމްބަރަކު އިންތިހާބު ކުރުމަށް ރިޔާސަތުން ހުޅުވާލުމުންނެވެ. އެއީ އެންމެ ފަހުން ނައިބު ރައީސަކު އައްޔަން ކުރުމަށް ބޭއްވި  ޖަލްސާގައި ވެސް ނެގި ނިޒާމީ ނުގުތާ  މެމްބަރުން މިއަދުވެސް ތަކުރާރު ކުރުމުންނެވެ. ކައުންސިލް ގެ ގިނަ މެމްބަރުން ވިދާޅުވަމުން ގެންދެެވީ ރަައީސާއި ނައިބު ރައީސްގެ ދައުރު ހަމަވާނީ އެކުއެކީގަ ކަމަށާއި ރައީސް ކަމުގެ މަގާމުން ހުސެން ރަޝީދު އިސްތިއުފާ ދެއްވަން ޖެހޭކަމަށް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިއެވެ.

ރައީސް ހުސެން ރަޝީދު ވަނީ މިކަންކަމަށް އިންކާރު ކުރައްވާ ކައުންސިލްގެ ހިންގާ ގައިވަދު ގައި ވަރަށް ސާފު ކޮށް ރައީސެއްގެ ދައުރަކީ މީލާދީ 1 އަހަރު ކަމަށް ބުނެފައިވަނި ދައުރެއް ހަމަ ނުވަނީސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ރައީސް ކަމުގެ މަގާމަށް ހުސެން ރަޝީދު އިންތިހާބު ވެވަޑައިގަތީ 3 ސެޕްޓެމްބަރު 2012 ގައެވެ.

ހދ އަަތޮޅު ކައުންސިލްގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ނޮޅިވަރަމު ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަން ވަނީ އެބޭފުޅާގެ ނައިބުރައީސް ކަމުގެ ދައުރު ހަމަވެފައިވާކަމަށް ވިދާޅުވެ މިއަހަރުގެ މާރޗު މަހު ނައިބުރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ޒަކަރިއްޔާ ހަސަނަކީ ވެސް މިހާރު ރައީސްކަމުގައި ހުންނެވި ހުސެން ރަޝީދުއާއެކީ އެމަގާމަށް އިންތިހާބުވި ބޭފެޅެކެވެ.

މިއަދު ޖަލްސާ އަށް ހާޒިރު ނުވަނީ 2 މެމްބަރުންނެވެ. އެއީ ވައިކަރަދޫ ދާއިރާ މެމްބަރުއަހުމަދު ހަލީލު އާއީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލީ މުހަންމަދެވެ. މިއަދުގެ ޖަލްސާގައި 2 ވަނަ އަށް ކުރިއަށް ގެންދިއުމަށް އެޖެންޑާ ކުރައްވާފައިވާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ މައްސަލަ ގައި ހިތްހަމަޖެހިވަޑައިނުގެން ޖަލްސާ ދޫކުރައްވާ ފުރަތަމަ ނިކުމެވަޑައިގަތީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އާދަމް ވަހީދެވެ. އެއަށްފަހު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު ޝުކޫރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ޒަކަރިއްޔާ ހަސަނެވެ.

މިއަދު ހދ އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ދިޔަ 17 ވަނަ ޖަލްސާ ގައި ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ މިހާރު ސިވިލް ކޯޓުގައި ކުރިއަށްދާ ހދ އަތޮޅުގޭގެ މައްސަލައިގައި އަތޮޅު ކައުންސިލް ފަރާތުން ތަދައްހުލުވުމަށްޓަކައި ފާސްކުރަންޖެހޭ ގަރާރެއް ފާސްކުރުމެވެ. އެގަރާރުވަނީ އެވަގުތު ޖަލްސާ އަށް ހާޒިރު ތިބި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްވެފައެވެ. އަދި މިަދުގެ ޖަލްސާގައި އަތޮޅު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް އެޖެންޑާ ކޮށްފައި އޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355