twitterviber whatsapp telegramfacebookyoutube instagram
20th May 2025
ADVERTISEMENT

އެއްބުރުން ބޮޑުތިލަދުންމަތި ޖަލްސާއަށް ވަރަށް ފޯރިއާއެކު ކުޅުދުއްފުށި އެމްޑީޕީ ގޮފިން ތައްޔާރު ވަނީ

May 9, 2013

“އެއް ބުރުން ބޮޑުތިލަދުންމަތި” ބޮޑު ޖަލްސާގެ ނަމުގައި ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ އަށް ވަރަށް ފޯރިއާއެކު ތައްޔާރު ވަމުން ދާކަމަށް އެމްޑީޕީ ކުޅުދުއްފުށީ ގޮފިން ހާމަކޮށްފި އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައީސް އަބުދުލް ގަފޫރު މޫސާ ވިދާޅުވީ ކުޅުދުއްފުށީ ގައި ބާއްވާ ބޮޑު ޖަލްސާ އަށް ތައްޔާރު ވުމުގެ ގޮތުން ވަރަށް ފޯރިއާއެކު މަސައްކަތްތައް ކުރިއަށްދާކަމާއި ޖަލްސާ އަށް ވާންޖެހޭ އެންމެ ފަހު ތައްޔާރީ ތައް މިހާރު ކުރަމުން އަންނަކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ގަފޫރު މޫސާ ވިދާޅުވީ ކުޅުދުއްފުށީގައި މިފަހަރުވެސް ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިންވެސް އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން އަންނަ ބަންޑާރަ މައިދާނުގައި ކަމަށާއި އެހެންނަމަވެސް މޫސުން ތަން ނުދޭނަމަ ޖަލްސާ ސްކޫލަކަށް ބަދަލު ކުރަންޖެހިދާނެކަމަށެވެ.

ރައީސް ނަޝީދު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ފުރާވަޑައިންގެންފައެވެ. އެމްޑީޕީން މިހާރު ބާއްވަމުންދާ “އެއްބުރުން” ކެމްޕެއިން ޖަލްސާ ކުޅުދުއްފުށީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ އެވެ.މިޖަލްސާ ގައި ރައީސް ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com