twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދޭ

May 9, 2013

ކުޅުދުއްފުށީގެ ސްކޫލުތަކުގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަމުން އެބަދެއެވެ.

އެގޮތުން މިއަހަރު މުޅިން އަލަށް މިދުވަސް ފާހަގަ ކުރާ ޖަލާލުއްދީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބުލީގައި ވާހަކަފުޅު ދައްކަވަމުން އެސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއިލް ވިދާޅުވީ ގާނޫނެއްގެ ދަށުން  18 އަހަރު ނުވާ ކޮންމެ ކުއްޖަކަށް ހައްގުތަކެއް ލިބިފައިވާ ފަދައިން އެކުދިން ޒިންމާތަކެއް ވެސް އުފުލަން ޖެހޭކަމަށެވެ.

ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެސްކޫލުގެ ކޮންމެ ދަރިވަރަށް ޓީޗަރުންގެ ފަރާތުން ހަދިޔާ ދިނުން އެސްކޫލުގައި އޮތެވެ. އަދި ސްކޫލު ތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފަ އެވެ.

މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ދެ ޕްރީ ސްކޫލު ކަމުގައިވާ އިރުމަތި އަވަށު ޕްރީސްކޫލާއި އަމީރުއަމީން ސްކޫލު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކޮށްފައެވެ. އަދި 2 ސްކޫލުގައިވެސް ހާއްސަ ދުއާކުރުމާއެކު އެސެމްބްލީއެއް ބާއްވާފައި ވެއެވެ. އަދި ދަރިވަރުންނަން ހާއްސަ ތަފާތު ކުޅިވަރު ތަކެއް ކުރިއަށް ގެންގޮސްފައިވާއިރު އަމީރު އަމީން ސްކޫލުގައި ވަނީ ދުވަހާއި ގުޅޭ ހާއްސަ ކޭކެއް ފަޅާފައެވެ.ކޭކު ފެޅުއްވީ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހަންމަދެވެ.

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގައި ވެސް ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަނީ ކުލާސް ތަކާއި ސްކޫލުގެ ތެރެ ޒީނަތްތެރިކޮށްފައެވެ. އަދި ޓީޗަރުން ވަނީ ދަރިވަރުންނަން ހަދިޔާ ދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355