twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަސަރުގަދަ ދަރުސްތަކަކާއެކު ކުޅުދުއްފުށީގައި އަދާލަތު ޕާޓީން ޖަލްސާ އެއް ބާއްވާއިފި

May 10, 2013

ހދ ގެ ބައެއް ރަށްށަށް އަދާލަތު ޕާޓީގެ އިސްވެރިން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ވަނީ ހދ ކުޅުދުއްފުށީގައި އަސަރުގަދަ ދަރުސް ތަކަކާއެކު ޖަލްސާ އެއް ބާއްވާފަ އެވެ.

އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް ބޭއްވި މި ޖަލްސާގައި ދީނީ ދަރުސް ދެއްވާފައިވާ މަޝްހޫރު 2 ޝޭހުން ކަމުގައިވާ ޝެއިހް އިލްޔާސް ޖަމާލު އާއި ޝޭހު އިލްޔާސް ހުސެއިންނެވެ.ޝޭހު އިލްޔާސް ޖަމާލު ދީނީ ތަގުރީރު ކުރައްވަމުން ދިޔައިރު ގިނަ ބައެއްގެ ލޮލުން ކަރުނަހިލި ގެން ދިޔައެވެ.

ރައްޔިތުން މަޖިލިސްގެ ކޮމަޓީ އަށް ހާޒިރުވުމާއި ބެހޭ ގޮތުންޝޭހު އިލްޔާސް ހުސެއިން ވަނީ ރޭގައި ގެ ވާހަކަފުޅު ދައްކަވާފައެވެ. އިލްޔާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް މިމަހުގެ 15 ވަނަ ދުވަހު ދާނެކަމަށާއި ފިއްލަވައިގެން ނޫޅުއްވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވާ ޗިޓް ލިބުނީ މިދަތުރަށް ތައްޔާރުވެފައި ވަނިކޮށްކަމަށާއި މަޖިލީހުގެ ކޮމެޓީ އަށް ދިއުމަށް ވުރެ ރައްޔިތުންނަށް ދީނީ ދަރުސް ދިނުމުގެ މިދަތުރުތައް މުހިއްމު ކަމަށްވާތީ އެދުވަހު ކޮމިޓީ އަށް ނުދެވުނީ ކަމަށް ޝެއިޙް އިލްޔާސް ހުސެއިން ވިދާޅުވިއެވެ. އިތުރަށް ޝޭހް އިލްޔާސް ވިދާޅުވީ މުސްލިމުންނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ އިސްލާމްދީން ކަމަށް ވިދާޅުވެ ބައެއް ފަރާތަކުން ދައްކަވާ ވާހަކަ ތަކަށް ދީނީ އަދި  ޢިލްމީ ނަޒަރުން ގޮންޖައްސަވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ ކުރިން ދީނީ ދަރުސެއް އަޑުއަހަން މީހުން ކުޅުދުއްފުށީގައި ނުދާވަރު ގިނަ މީހުންބައިވެރިވި މި ޖަލްސާ ގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނު އަބުދުﷲ އާއި އަސަދު ﷲ ޝާފީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅުންގެ ވާހަކަގައި ރަައީސް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަންއަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވޯޓު ދެއްވުމަށް އެދިލެއްވި އެވެ.

އަދާލަތު ޕާޓީ އާއި ގުޅިފައިވާ ކޯލިޝަނުން ބޭއްވި މި ޖަލްސާ ބާއްވާފައިވަނީ މާލިހާ މައިޒާނުގައެވެ. ދަރުސްތައް އަޑު އެހުމަށް ގިނަ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައެވެ. ރޭގެ ޖަލްސާ ނިންމަވާލެއްވީ ޝޭހް ޖަމާލުގެ ދުޢާ އަކުންނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355