twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި

May 10, 2013

ދިވެހިރާއްޖޭގެ ކުރީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންފި އެވެ.

“ބޮޑުތިލަދުންމަތި އެއްބުރުން”  ނަމުގައި މި ރޭ ކުޅުދުއްފުށީގައި އެމްޑީޕީ އިން ބާއްވާ ބޮޑު ޖަލްސާ ގައި ބައިވެރިވަޑައިގަތުމަށް ރައީސް ނަޝީދު ވަޑައިގެންނެވި އިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށްޓަކައި ކުޅުދުއްފުށިން އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ބަނދަރު މައްޗަށް ޖަމާވި އެވެ.

ރައީސް ނަޝީދު ބަނދަރު މަތިން ހިންގަވާފައި ވަޑައިގެންނެވީ ކުޅުދުއްފުށީގައި އެމްޑީޕީގެ އާ ހަރުގެ ހުޅުއްވާ ދެއްވާށެވެ. އަދި އެހަރުގޭ ގައި ހުރި ދިދަ ނަންގަވާ ދެއްވި އެވެ. އެއަށް ފަހު ރައީސް ނަޝީދު ވަނީ ކުޑަކުދިންގެ ހަވީރަށް ވަޑައިގެން ކުޑަކުދިންގެ ދުވަހުގެ ކޭކު ފަޅުއްވާ ދެއްވާފައެވެ.

މިދަތުރު ގައި ރައްޔިތުންގެ މަޖިލިލީގެ ރަައީސް އަބުދުﷲ ޝާހިދާއި އެމްޑީޕީގެ ޕާލަމަންޓަރީ ގުރޫޕްގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355