twitterviber whatsapp telegramfacebookyoutube instagram
2nd June 2026

ކުޅުދުއްފުށީ ހޮސްޕިޓަލުގެ އެމްބިއުލާންސް ހިދުމަތުގެ ފީ ބޮޑުކޮށްފި

May 13, 2013

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެމްބިއުލާންސްގެ ހިދުމަތަށް ނަގާ ފީ އެހޮސްޕިޓަލުން ބޮޑު ކޮށްފި އެވެ.

މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަހަރުގެ އޭޕްރީލް 1 އިން ފެށިގެން އެމްބިއުލާންސްގެ ދަތުރު ތަކުގެ ފީ ވަނީ ބޮޑުކޮށްފައެވެ. މިގޮތުން މިހާރު ކޮޅަކަށް ނަގަނީ 75 ރުފިޔާއެވެ. ކުރިން ނަގާފައިވަނީ 30 ރުފިޔާއެވެ.

އެމްބިއުލާންސްގެ ހިދުމަތުން ނަގާ ފީ ބޮޑުކުރުމާ ގުޅޭގޮތުން މިނޫހުން ސުވާލު ދެންނެވުމުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހެޑް އޮފް އިންސްޓިޓިއުޓް އިބްރާހީމް ވަހީދު ވިދާޅުވީ އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެބޭފުޅާއަށް ލިބިލައްވާފައިނުވާ ކަމަށާއި އެކަމާއި ގުޅޭ ސާކިއުލާއެއްވެސް ލިބިލައްވާފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އެމްބިއުލާންސްގެ ފީ އަގުބޮޑުކުރިތާ މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ އިރު އެކަމުގެ މައުލޫމާތެއް ލިބިލައްވާފައިނުވާ ކަމަށް ހޮސްޕިޓަލްގެ ހެޑް އޮފް އިންސްޓިޓިއުޓް އިބްރާހީމް ވަހީދު ވިދާޅުވެފައިވީނަމަވެސް މިއަހަރުގެ އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެމްބިއުލާންސްގެ ކޮޅަކަށް 75 ރުފިޔާ ނެގޭނެ ކަމަށް ބުނާ ސްޓިކާ އެއް އެމްބިއުލާންސްގައި ތަތްކޮށްފައިވާ ކަމަށް މިނޫހަށް ވަނީ އެނގިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355