twitterviber whatsapp telegramfacebookyoutube instagram
12th May 2025

ދިރާގު ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

May 13, 2013

ރަން އެގެއިންސްޓް ޗައިލްޑް އެބިއުސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

ދިރާގުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދިރާގު ބްރޯޑްބޭންޑް ރޯޑްރޭހުގެ މިއަހަރުގެ އިވެންޓު އޮންނާނީ އަންނަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު މާލޭގެ ރާޅުގަނޑު ސަރަހައްދުގަ އެވެ. އިޖުތިމާއީ ކޮންމެވެސް ޝިއާރަކާއެކު ބާއްވާ މި ރޯޑްރޭހުގެ މިއަހަރުގެ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ނަގާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ހޭލުންތެރި ކުރުމެވެ.

ރޯޑު ރޭހުގެ ޤަވާއިދު ބުނާގޮތުން މި ރޭހުގައި 7 އަހަރުން ދަށުގެ ކުރިންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އެހެން ނަމަވެސް ރޭހުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކުވެސް ރޭސް ފަށާތާ 45 މިނެޓު ތެރޭގައި މާލެ ވަށާ 5 ކިލޯ މީޓަރު ނިންމުމަށް  ގަވާއިދުގައި ބުނެފައިވެއެވެ.

ރޯޑު ރޭހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް ފޯމް ފުރޭނެ އިންތިޒާމް ދިރާގުން ވަނީ ހަމަޖައްސަވާފައެވެ.  މިގޮތުން http://www.dmrr.mv/ އިން ފޯމް ފުރުއްވޭނެ ކަމަށް ދިރާގުން ހާމަ ކުރައްވައެވެ.

3ކެޓަގަރީއަކަށް ބަހާލައިގެން އިނާމް ދިނުމަށް ހަމަޖެހިފައިވާ މި ރޭހުގައި އަންހެން ފިރިހެން ވަކިން ، ޖޫނިޔާ ގުރޫޕާއި، ސީނިޔާ ގުރޫޕާއި، 45 އަހަރުން މަތީގެ ކެޓަގަރީ ހިމެނެއެވެ.

މި ރޯޑު ރޭހުގައި ބައިވެރިވުމަށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު އަންނަ މަހުގެ 9ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355