ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސްގެ މައި ކުންފުނި އުރީދު ގްލޯބަލް ބްރޭންޑުގެ އެމްބެސެޑަރު ލިއޮނަލް މެސީއާ ބައްދަލުކޮށްލުމުގެ ފުރުސަތު ކުޑަކުދިންގެ ހިޔާގައި ހުންނަ ކުއްޖަކަށް އެކުންފުނިން ހޯދައިދީފި އެވެ.
މިގޮތުން މިފުރުސަތު ވަތަނިއްޔާއިން ހޯދާދީފައިވަނީ ދީފައިވަނީ މުހްޔިއްދީން ސްކޫލުގެ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ ފުޅުބޯޅަ ކުޅުމާއި ބެޑްމިންޓަންއަށް ވެސް ޝައުގުވެރިކަން ހުންނަ 14 އަހަރުގެ ފިރިހެންކުއްޖަކަށް ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ވަތަނިއްޔާ ޓެލްކޮމް މޯލްޑިވްސް އިން މައުލޫމާތު ދެއްވާ ގޮތގައި މި ކުއްޖާ ހޮވާފައިވަނީ މެސީ ފައުންޑޭޝަންގެ ކްރައިޓީރިއާ ތަކަށް ބެލުމަށް ފަހު ޖެންޑާ މިނިސްޓްރީން ނެވެ. އަދި މެސީއާ ބައްދަލުކޮށްލަން ފުރުސަތު ލިބުނު ކުއްޖާ މިއަހަރު ބޭއްވި އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތުން ވަނަ ހޯދާފައިވާ ކަމަށްވެސް އެފަރާތުން ހާމަކުރައްވައެވެ.
އުރީދު ގްލޯބަލް އިން އަބަދު ވެސް މަސައްކަތްކުރަނީ އާއްމުންގެ ދިރިއުޅުން ތަރައްގީ ކުރުމަށް ކަމަށާއި މީހުންގެ ހުވެފަންތައް ހަގީގަތަކަށް ހަދާ ޒުވާނުންނަށް ފުރުސަތު ހޯދައިދީ އެ ކުދިންގެ ގާބިލްކަން ނެރެ ދިނުމަށް ކަމަށްވެސް ވަތަނިއްޔާއިން ހާމަކުރައްވައެވެ.
މިގޮތުން މެސީއާ ގުޅިގެން ހިންގާ މި ހަރަކާތްތަކުގެ ދަށުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޮވާލެވޭ ކުދިންނާއެކު މެސީ ތަފާތު ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށް ވަތަނިއްޔާއިން މައުލޫމާތު ދެއްވައެވެ. އޭގެ ތެރޭގައި މިހާރު ކުރެވޭ މަސައްކަތްތަކުގެ ގޮތުގައި މެސީގެ ފައުންޑޭޝަނާއެކު އުރީދު ގްރޫޕުގެ ކުންފުނިތައް ހިމެނޭ މާކެޓުތަކުގައި އެކި ޕްރޮޖެކްޓްތައް ހިންގުމުގެ މަސައްކަތް ހިމެނޭ ކަމަށާއި ރޭވިފައިވާ ފުރަތަމަ ޕްރޮޖެކްޓަކީ ޒުވާންކުދިންގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރުމުގެ ޕްރޮޖެކްޓު ތަށް ކަމަށްވެސް އެކުންފުނިން ހާމަކުރައްވައެވެ.
އުރީދު ގްލޯބަލް ބްރޭންޑުގެ އެމްބެސެޑަރަކަށް މެސީ ހަމަޖައްސާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.