twitterviber whatsapp telegramfacebookyoutube instagram
1st May 2024

ޖުމްހޫރީ ޕާޓީގެ ލީޑަރު ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

May 14, 2013

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަންނަ ހުކުރު ދުވަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމުހޫރީ ޕާޓީގެ އޮފިޝަލަކު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ގާސިމް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށެވެ. އަދި މިދަތުރުފުޅުގައި ކުޅުދުއްފުށީގެ ސްކޫލުތަކުގެ ހިންގާ ކޮމިޓީތަކާއި ސްކޫލު ބޯޑާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭން ފެށިގެން ކުރިއަށްދާއިރު، މިދިޔަ ހަފުތާގައި، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެން ޖަލްސާއެއް ބާއްވާފައި އެވެ. އަދި އޭގެ ކުރީ ހަފުތާގެ ތެރޭގައި މިހާރުގެ ރައީސް ޑރ. ވަހީދުވެސް ކުޅުދުއްފުއްޓަށް ވަނީ ވަޑަިއގެންފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355