twitterviber whatsapp telegramfacebookyoutube instagram
13th February 2026

ކުމުންދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރަކު ގައިގައި ޖެހުމުން، ބަޔަކު އެ ޓީޗަރަށް ހަމަލާދީފީ

May 14, 2013

ކުމުންދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރަކު ގައިގައި ޖެހުމުން، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެ ޓީޗަރަށް ހަމަލާދީ ބޯފަޅާލައިފި އެވެ.

މިއަދު ސްކޫލު ގަޑީގައި ކުލާސް ތެރޭގައި ތިބި ދަރިވަރުންނާ ހަވާލާދީ މިނޫހަށް މައުލޫމާތު ދެމުން ކުމުންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ދަރިވަރު ގައިގައި ފިޒިކްސް ކިޔަވައި ދެއްވާ ޓީޗަރު ޖެހުމުން އެ ކުއްޖާ ވަގުތުން ވެއްޓުނު ކަމަށާއި ގުރޭޑް 8 ތަޢުލީމް ހާސިލް ކުރަމުން ގެންދާ މިދަރިވަރު  ސިއްޙީ މަރުކަޒަށް ގެންދެވުނު އިރު އޭނާ އޮތީ އެނބުރުން އަރާފައި ކަމަށެވެ.

ދަރިވަރުގެ ގައިގައި ޓީޗަރު ޖެހުމާ ގުޅިގެން ޓީޗަރަށް ހަމަލާ ދީފައިވަނީ މިއަދުގރ ހަވީރު ސެޝަން ނިމުނު ގަޑީގައެވެ. ސެޝަން ނިމުނު ތަނާހެން ރައްޔިތުންގެ ތެރެއިން ބަޔަކު ސްކޫލަށް ވަދެ ކަރަންޓު ކަނޑާލުމަށް ފަހު ޓީޗަރު ގައިގައި ވަނީ ތަޅައިގަނެފައެވެ. އަދި އެވަގުތު ބިދޭސީ ޓީޗަރު ސަލާމަތް ކުރަން އުޅުނު އެސްކޫލުގެ އިތުރު ދިވެހި 2 ޓީޗަރަކަށް ވެސް ވަނީ އަނިޔާ ވެފައެވެ. އަދިވެސް ދިވެހި 2 ޓިޗަރުންނަށް ކުމުންދޫ ސިއްހީ މަރުކަޒުގައި ފަރުވާދެމުން އަންނަ އިރު  އިތުރު ފަރުވާ އަށް ބިދޭސީ ޓީޗަރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރެވިފައެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ  އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355