twitterviber whatsapp telegramfacebookyoutube instagram
30th April 2024

ޓޫރިޒަމް ދާއިރާއިން ޑިގްރީ ފެންވަރުގެ ގިނަ ކޯސްތަކެއް ކުޅުދުއްފުށީ ކެމްޕަހުގައި އަލަށް ފަށަނީ

May 15, 2013

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގައި ފަތުރުވެރިކަމުގެ ދާއިރާއިން މަތީފެންވަރުގެ ގިނަކޯސްތަކެއް ޖޫން މަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.

އަލަށް ފެށުމަށް ހަމަޖެހުނު ކޯސްތަކުގެ ތެރޭގައި ހިމެނެނީ، އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ ކޯސްތަކާއި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތަކެވެ. މި ގޮތުން ޖުމްލަ ދިހަ ކޯހެއް މުޅިން އަލަށް ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވެއެވެ. މި ދިހަ ކޯހުގެ ތެރޭގައި، ހިމެނެނީ ޑިގްރީ ފެންވަރުގެ 7 ކޯހަކާއި އަދި، ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި އެޑްވާންސްޑް ސެޓްފިކެޓް ފެންވަރުގެ 1 ކޯހެކެވެ. ޑިގްރީ ފެންވަރުގެ ކޯސްތައް ވަނީ ތަފާތު ދާއިރާތަކުން މޭޖަރ ވެވޭގޮތަށް ފަރުމާ ކޮށްފަ އެވެ.

އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އެޑްވާންސްޑް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ކޯހަކާއި، ޑިޕްލޮމާ އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓްގެ އިތުރުން ޓޫރިޒަމް މެނޭޖްމެންޓް ކޯހެކެވެ. ޑިގްރީ ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ހޮސްޕިޓަލިޓީ މެނޭޖްމެންޓާއި ޓޫރިޒަމް މެނޭޖްމެންޓް ދާއިރާގެ ތަފާތު ސްޕެޝަލައިޒޭޝަންތައް ހުރި ކޯސްތަކެވެ.

ޔުނިވާސިޓީގެ ވެބްސައިޓްގައި ވާގޮތުން ކުޅުދުއްފުށީ ކެމްޕަހުގައި ކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ބްލޮކް މޯޑަށެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚެއްކަމަށް ޔުނިވާސިޓީއިން އިއުލާންކޮށްފައިވަނީ ޖޫން މަހުގެ 6 ވާ ބުރާސްފަތި ދުވަހެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި މިހާރުވެސް ޓޫރިޒަމް ދާއިރައިން ޑިގްރީ ފެންވަރުގެ ކޯހަކާއި ސެޓްފިކެޓް 3 ފެންވަރުގެ ކޯސްތައް ހިންގައެވެ. ޓޫރިޒަމް ދާއިރާއަކީ، ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ސިނާޢަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355