twitterviber whatsapp telegramfacebookyoutube instagram
9th April 2026

އެމަޖެންސީ ހާލަތްތަކުގައި ރެޑް ކްރެސެންޓުގެ ފަރާތުން ހަރަކާތްތެރިވާނެ މީހުން ކުޅުދުއްފުށީގައި ތަމްރީނު ކުރަނީ

May 16, 2013

އެމަޖެންސީ ހާލަތްތަކުގައި ރެޑް ކްރެސެންޓުގެ ފަރާތުން މަސައްކަތްކުރާނެ ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީގައި ބާއްވާ ގޮތަށްހަމަޖައްސައިފި އެވެ.

މިމަހުގެ 19 އިން 22 އަށް ކުޅުދުއްފުށީފގައި ބާއްވާ މި ތަމްރީނު ޕުރޮގްރާމާބެހޭ ގޮތުން ދިވެހި ރެޑްކްރެސެންޓްގެ ސީބީޑީއާރްއާރް ޕްރޮޖެކްޓް ކޯޑިނޭޓަރ ސޮނާތު އަބްދުއްސައްތާރު ވިދާޅުވީ މި ޕްރޮގްރާމަކީ، ދިމާވާ އެމަޖެންސީގެ ހާލަތްތަކާއި އެހެނިހެން ހާލަތްތަކުގައި އަމަލު ކުރާނެ ގޮތްތަކާއި މުޖުތަމައުގައި ޓީމެއްގެ ގޮތުން މަސައްކަތް ކުރުމުގައި ކަންތައް ކުރަންޖެހޭނެ ގޮތްތައް ދަސްކޮށްދެވޭނެ ޕުރޮގްރާމެއް ކަމަށެވެ. އަދި އޭގެ އިތުރުން އެހީ ބެހުމުގައި އަމަލުކުރަންޖެހޭ ފަދަ މުހިއްމު ބައިތަކެއް ކިޔަވައިދޭނެ ޕްރޮގްރާމެއް ކަމަށެވެ.

މިގޮތުން ކުރިއަށް މިދަނީ ހުޅަނގު މޫސުން ކަމަށާއި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރި ވުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މިފަދަ ޓްރެއިނިން ޕްރޮގްރާމްތަކަކީ ވަރަށް ބޭނުންތެރި ޕްރޮގްރާމު ތަކަކަށް ވާނެކަމަށްވެސް ސޮނާތު ވިދާޅުވި އެވެ.

4 ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ 25 ޖާގަ ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. މިގޮތުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ޒުވާނުން 7972418 މި ނަމްބަރާ ގުޅުއްވައި ނަންނޯޓު ކުރެއްވުމަށް ރެޑް ކްރެސެންޓުން އެދިލައްވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355