twitterviber whatsapp telegramfacebookyoutube instagram
10th July 2025

ކުޅުދުއްފުށިން ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމަށް ހޫނު މަރުހަބާއެއް ކިޔައިފި

May 17, 2013

ޖުމުހޫރީ ޕާޓީން ހދ އަތޮޅުގެ ރަށްތަކަށް މިހާރު ކުރަމުން ގެންދާ ދަތުރުގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާ އެއް ކިޔައިފި އެވެ.

މިއަދު ހަވީރު ޖުމުހޫރީ ޕާޓީގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބުރާހިމް ކުޅުދުއްފުއްޓަށް ވަޑައިގަތްއިރު އެމަނިކުފާނަ ތާއީދު ކުރާ ގިނަ ބަޔަކު އުތުރު ބަނދަރަށް ވަނީ ޖަމާވެފައެވެ. އަދި މިސްގާލް ބޮޑުބެރު ގުރޫޕާއި މަލަކާ ގުރޫޕް ގެ ފަރިހަރަކާތް ތަކެއް ވަނީ ކުރިއަށް ގޮސްފައެވެ.

މިދަތުރުގައި ގާސިމް ވަނީ މިއަދު ހަވީރު ހދ އަތޮޅު ކައުންސިލާއި ބައްދަލު ކުރައްވާފައެވެ. އަދި މާދަމާ ކުޅުދުއްފުށީގެ ކުލަބް ޖަމިއްޔާތަކާއި ސްކޫލުތަކުގެ ބޯޑާ ބަދަލު ކުރައްވާ ގޮތަށް ހަމަޖެހިފަވާކަމަށް ޖުމްހޫރީ ޕާޓީން މައުލޫމަތު ދެއެވެ.

މިރޭ 9 ޖަހާއިރު ޖުމުހޫރީ ޕާޓީން ބާއްވާ ހާއްސަ ޖަލްސާއެއް އަފީފުއްދީން ސްކޫލު ގައި އޮންނާނެ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355