twitterviber whatsapp telegramfacebookyoutube instagram
30th April 2024

އެގްރިވިޔަފާރި ސިޔާސަތު އިފްތިތާހު ކޮށްދެއްވުމަށް ރައީސް ނަޝީދު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ

May 17, 2013

އެމްޑީޕީގެ އެގްރިވިޔަފާރި ނުވަތަ ދަނޑުވެރިކަމާއި ގުޅޭ ސިޔާސަތު ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފަވާކަމަށް އެޕާޓީން ބުނެފިއެވެ.

ރައީސް ނަޝީދު މާދަމަ ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ފަހުގައެވެ. އަދި ރަސްމީކޮށް ކުޅުދުއްފުށީގައި މި ސިޔާސަތު އިފްތިތާހު ކުރުން އޮންނާނީ ޖަލާލުއްދީން ސްކޫލުގައެވެ.

ކުޅުދުއްފުށީގެ އިތުރުން އެގްރިވިޔަފާރި ރާއްޖޭގެ 2 ސިޓީއަކާއި 18 އަތޮޅުގައި އެއްފަހަރާ ކުރިއަށް ދާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި މާދަމާ ބޭއްވޭ ރަސްމިއްޔާތުތަކުގައި އެގްރިވިޔަފާރި ސިޔާސަތު އިފްތިތާހު ކޮށްދެއްވާނީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށް އެޕާޓީން ބުނެއެވެ.

“ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިނަމުގައި އެމްޑީޕީގެ އެގްރިވިޔަފާރި އިފްތިތާހު ކުރާނެ ރަށްތަކަކީ، ކުޅުދުއްފުށީގެ އިތުރުން ހއ. ކެލާ، ށ. ކަނޑިތީމް، ނ. ލަންދޫ، ރ. ހުޅުދުއްފާރު، ބ.ގޮއިދޫ، ޅ.އޮޅުވެލިފުށި، ކ.ކާށިދޫ، އއ. ތޮއްޑޫ، އދ. އޮމަދޫ، ވ.ރަކީދޫ، މ.މުލި، ފ.ނިލަންދޫ، ދ.ކުޑަހުވަދޫ، ތ.ވޭމަންޑޫ، ލ.ކަޅައިދޫ، ގއ.ނިލަންދޫ، ގދ.ހޯޑެއްދޫ، ޏ.ފުވައްމުލައް، އައްޑޫ ސިޓީއިން ހުޅުމީދޫ އަދި މާލެ ސިޓީގައެވެ.

އެމްޑީޕީން އެޕާޓީގެ އިތުރު 2 ސިޔާސަތެއް ވަނީ ގައުމީ ފެންވަރުގައި މީގެ ކުރިން އިފްތިތާހް ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355