twitterviber whatsapp telegramfacebookyoutube instagram
12th May 2025

ވަޅުލަން ސަންދޯކަށް ލާފައި އޮތް “މައްޔިތެއް” ތެދުވެއްޖެ

May 18, 2013

މަރުވެފައި އޮތް ކަމަށްބަލައި ވަޅުލަން ތައްޔާރު ކޮށްފައި އޮތް “މައްޔިތެއް” ސަންދޯކުން ތެދުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޒިމްބާބުވޭގައި މަރުވެފައި އޮތް ކަމަށް ބަލައި، ވަޅުލަން ތައްޔާރުކޮށް ސަންދޯކަށްލައިފައި އޮށްވާ ތެދުވީ  34 އަހަރުގެ ބްރައިޓަން ޑަމާ ޒަންތޭ ކިޔާ މީހެކެވެ. އޭނާ ތެދުވެފައިވަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިންނާއި ގާތްތިމާގެ މީހުން މޫނުބަލަން ގޮސް ތިއްބަ އެވެ.

“ޒަންތޭގެ ފައި ހަރަކާތްކުރިތަން އެންމެ ފުރަތަމަ ފެނުނީ އަހަރެންނަށް. ފުރަތަމަ ގަބޫލެއްވެސް ނުކުރެވުން. ނަމަވެސް އިރުކޮޅަކުން ހަރަކާތް ކުރަން ފަށައިފި.” މޫނު ބަލަންގޮސްހުރި ޒަންތޭގެ މުވައްޒަފެއް ކަމުގައިވާ ލޮޓް ގާކާ ބުންޏެވެ.

ޒަންތޭގެ ނަސީބު ރަނގަޅު ކަމުން އޭނާ އަށް ހޭލެވިފައިވަނީ، އޭނާގެ ސަންދޯއް ވަޅުލުމަށް ގެންދިއުމަށް ތައްޔާރު ވަނިކޮށެއެވެ. އެހިނދު ޒަންތޭ ވަނީ ހޮސްޕިޓަލްއަށް ގެންގޮސް މެޝިންގެ އެހީގައި ދެ ދުވަސް ވަންދެން ފަރުވާ ދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ޒިންބާބުވޭގައި މީގެ ކުރިންވެސް ވަނީ މިފަދަ ކަންކަން ހިނގާފައެވެ. މިއަހަރު ކުރީކޮޅު ޖިންސީ ގުޅުން ހިންގަނިކޮށް ހަބަރު ހުސްވި މީހެއް ވަޅުލަން ސަންދޯކަށް ލައިފައި އޮށްވާ ވަނީ ހަޅޭލަވައިގަނެ ތެދުވެފައެވެ. އަދި މިދިޔަ އަހަރު ވެސް ޒިމްބާބުވޭގެ އަންހެނަކަށް ވަނީ މިފަދަ ކަމެއް ދިމާވެފަ އެވެ. — ހަފިންޓަންޕޯސްޓް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355