twitterviber whatsapp telegramfacebookyoutube instagram
30th April 2024

ސީމަނުން ތަމްރީނު ކުރާނެ އިންސްޓިޓިއުޝަނެއް ކުޅުދުއްފުށީގައި ގާއިމު ކުރާނަން: ގާސިމް އިބްރާހީމް

May 18, 2013

ކުޅުދުއްފުށީގައި ސީމަނުން ތަމްރީނު ކުރާނެ އިންސްޓިޓިއުޝަނެއް ގާއިމު ކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރޭ ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ފުޅު ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ  ނިސްބަތުން އެންމެ ގިނަ ސީމެނުން ތިބީ ކުޅުދުއްފުށީ ގައި ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ސީމެނުން ތަމްރީނު ކުރާނެ އިންސްޓިޓިއުޓެއެއް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލާއި ސ ހިތަދޫ ހޮސްޕިޓަލުގެ ހިދުމަތް، ވެރިކަމާ ހަވާލު ވާތާ އަހަރު ދުވަހުގެ ތެރޭގައި މާލޭގެ ހޮސްޕިޓަލުތަކާ އެއް ފެންވަރަކަށް ގެންނާނެ ކަމަށާއި އޭރުން ވަރަށް މަދު އޮޕްރޭޝަންތަކެއް ކުރަން ނޫނީ ރާއްޖެއިން ބޭރަށް ދާންނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރަށް 6000 ޓަނުގެ ބޯޓުފަހަރު ކައިރިކުރެވޭ ވަރު އެމަނިކުފާނުގެ ވެރިކަމެއްގައި ކުރެވިގެން ދާނެކަމަށެވެ. އަދި ހަނިމާދޫ އާއި ކުޅުދުއްފުއްޓާއި ދޭތެރޭގައި އަގު ހެޔޮ އަދި  ފަސޭހަކަމާއެކު ދަތުރު ކުރެވޭނެ ފެރީ ނިޒާމެއް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށްވެސް މަހުޖަނު ގާސިމް ވިދާޅުވި އެވެ.

200 އެއްހާ މީހުން ބައިވެރިވި މިޖަލްސާ ގައި ރައީސް ނަޝީދުއަށް ވޯޓު ދެއްވައިފިނަމަ އެ ވިއްކާ ލެވެނީ ދީނާ ގައުމު ކަމަށް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށާއި އެއީ ސަމާސާ ވާހަކަ ތަކެއް ނޫކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ވަނީ ގާސިން ފާޑުވިދާޅުވެ ވާހަކަ ފުޅުދައްކަވާފަ އެވެ. އަދި ވޯލްޑް ބޭންކްގެ މިންގަނޑުން ބަލައިފިނަމަ، ދިވެހިރާއްޖެ 3 އަހަރު ދުވަސްތެރޭ ބޭންކްރަޕްޓް ކޮށްލައިފާ ވާކަމަށް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ޕީޕީއެމް ރިޔާސީ ގޮފީގެ ގިނަ ބަޔަކު ވަނީ މިޖަލްސާގައި ޖުމްހޫރީ ޕާޓީއާ ގުޅިފައެވެ. މިޖަލްސާ ގައި ޓްރާންސްޕޯޓު މިނިސްޓަރ އަމީނު އާއި އެޕާޓީގެ ރައީސް ޑރ ޑީޑީ އާއި މަޖިލިސް މެމްބަރު އިލްހާމްގެ އިތުރުން އެޕާޓީގެ އިސްބޭފުޅުން ވަނީ މިޖަލްސާ ގައި ބައިވެރިވެފައެވެ.

[yass cats=27]

އިތުރު ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖްގައި

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355